Saturday, 22 June 2024

ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ދަށަށް ގޮސްފި

ރާއްޖޭގެ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އަނެއްކާ ދަށަށް ގޮސްފިއެވެ.

މިއަހަރުގެ ފެށުނުއިރު، ޑޮލަރުގެ އަގު ހުރީ 17.70 އާއި 18.00 އާއި ދެމެދުގެ އަގުތަކެއްގައެވެ.

ޑޮލަރުގެ އަގު މިވަގުތު ހުރީ 17.30 އާއި 17.60 އާއި ދެމެދުގެ އަގެއްގައެވެ. އެއީ ޑޮލަރު ވިއްކާ ނަމަ 17.60 ރޭޓް އަދި ގަންނަ ނަމަ 17.30 ރޭޓުންނެވެ.

ޑޮލަރުގެ އަގު ދަށަށް ގޮސްފައިވަނީ ބާޒާރުގައި ދައުރުވާ ޑޮލަރުގެ އަދަދު އިތުރުވެފައިވާތީއެވެ.

ރާއްޖޭގައި ޑޮލަރުގެ އަގު އުފުލުމުގެ މައްސަލަ، ރައީސް ޞާލިޙުގެ ވެރިިކަމުގައި ވަރަށް ބޮޑަށް އުފެދިގެންދިޔައެވެ. ނަމަވެސް، މިސަރުކާރު ވެރިކަމާ ޙަވާލުވުމަށްފަހު އަޅުއްވަން ފެއްޓެވި ހަރުދަނާ އިޤްތިޞާދީ ފިޔަވަޅުތަކުގެ ސަބަބުން ޑޮލަރުގެ އަގުވެއްޓެން ފަށާފައިވާކަން ފާހަގަކުރެވެއެވެ. ކުރީ ސަރުކާރުން ލާރި ޗާޕްކުރުމުގެ ސަބަބުން އިޤްތިޞާދަށް ކަޅު ހިޔަންޔެއް އެޅިފައިވަނިކޮށް، މި ސަރުކާރުން ވަނީ ފައިސާ ޗާޕު ނުކުރުމަށް ނިންމަވާފައެވެ. އަދި ވޭދުވެދިޔަ ފަސް މަސްދުވަހު ސަރުކާރު ހިންގަވަމުން ގެންދަވާފައިވަނީި ފައިސާ ޗާޕުކުުރުމަކާ ނުލައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު