Saturday, 22 June 2024
މުދާ ބަރުކޮށްގެން ދަތުރުކުރަމުންދިޔަ "ރޯޝަނީ" ބޯޓު ފަރަށް އެރުން -- ފޮޓޯ: އެމްއެންޑީއެފް

މުދާ ބަރުކޮށްގެން ދަތުރުކުރި ބޯޓެއް ވ.އަތޮޅުގެ ގިރިއަކަށް އަރައިފި

މުދާ ބަރުކޮށްގެން ގދ. ފަރެސްމާތޮޑާއަށް ދަތުރުކުރަމުންދިޔަ "ރޯޝަނީ" ނަމަކަށް ކިޔާ ބޯޓެއް ރޭ ގިރިއަކަށް އަރައިފިއެވެ.

މި ޙާދިސާއާ ގުޅިގެން އެމްއެންޑީއެފްއިން ވިދާޅުވެފައިވަނީ، މި ބޯޓު ފަރަށް އެރުމާ ގުޅިގެން މާލޭ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ސިފައިން ޑައިވަރުންނާއިއެކު އެ ސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ.

އެމްއެންޑީއެފުން ވިދާޅުވީ ދަތުރުކުރަމުންދިޔައި އިރު، އެ ބޯޓުގައި ތިބީ 16 މީހުން ކަމަށެވެ.

މަޢުލޫމާތު ލިބޭގޮތުގައި، މި ބޯޓު ފަރަށް އަރާފައި ވަނީ ވ. އަތޮޅު އަލިމަތާ ރިސޯޓު ކައިރި އޮތް ގިރިއަކަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު