Wednesday, 19 June 2024
އައްޑޫ ސިޓީ ފޭދޫގެ މަގުހެދަމުގެ މަޝްރޫޢުގެ މަސައްކަތްތައް ބައްލަވައިލެއްވުން، ފޮޓޯ: ކޮންސްޓްރަކްޝަން މިނިސްޓްރީ

އައްޑޫ މަގު ހެދުމުގެ މަޝްރޫއުގެ ބޮޑުބައެއް ނިމިއްޖެ

އައްޑޫ ސިޓީގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫއުގެ ބޮޑުބައެއް ނިމިފައިވާކަމަށް އިމާރާތްކުރުމާއި ބިނާރާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީގެ މަގުތައް ހެދުމުގެ މަޝްރޫޢުގެ ދަށުން 100 ކިލޯމީޓަރަށް ވުރެ ބޮޑު ސަރަހައްދެއްގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރާނެއެވެ. އަދި މަގުތައް ހެދުމުގެ އިތުރުން، ފެން ހިންދާ ނިޒާމު ޤާއިމްކޮށް މަގު ބައްތި ޖަހައި ކެމެރާ ސީސީޓީވީ ނެޓްވޯކަކުން ގުޅާލުމަށްވެސް ވަނީ ހަމަޖެހިފައެވެ.

އިމާރާތްކުރުމާއި ބިނާރާއި ބެހޭ ވުޒާރާއިން ވިދާޅުވީ ސްޓޭޓް މިނިސްޓަރު އިބްރާހިމް ނަޒީމް މިހާރު އައްޑޫއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެސިޓީގެ މަގު ހެދަމުގެ މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލައްވާފައިވާކަމަށެވެ.

އެ ވުޒާރާއިން އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވީ އެމަޝްރޫގެ ދަށުން ހަދަމުންދާ، ފޭދޫގެ މަގުތަކުގެ 92.61 އިންސައްތަ މިހާރު ނިމިފައިވާކަމަށެވެ.

އާރުޑީސީއާ ހަވާލުކޮށްގެން ކުރިއަށްދާ އައްޑޫގެ މަގު ހެދުމުގެ މަސައްކަތަށް ގާތްގަނޑަކަށް 18 މިލިއަން ޑޮލަރު ޚަރަދުވާނެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު