މާލެއަށް ކުރި ވިއްސާރައިގައި ފެންބޮޑުވުމާ ގުޅިގެން ރައީސް މުޢިއްޒު ރައްޔިތުންގެ ޙާލަތު ބައްދަލަވާލައްވަނީ

ކުރިއަށްއޮތް 4 މަހު، ރާއްޖެއަށް އާންމުކޮށް ވާރޭވެހޭ މިންވަރަށްވުރެ ވާރޭވެހުން އިތުރަށް ވެހޭނެ

ރާއްޖޭގެ ބޮޑު ބަޔަކަށް ކުރިއަށް އޮތް 4 މަހު އާންމުކޮށް ވެހޭ މިންވަރަށްވުރެ ވާރޭ ވެހުން އިތުރުވާނެ ކަމަށް ލަފާކުރެވޭކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

މޫސުމާއިބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، މިއަހަރުގެ ޖޫން ޖުލައި އޮގަސްޓު އަދި ސެޕްޓެމްބަރު މަހު އުތުރަށާއި މެދުރާއްޖެތެރޭގެ ސަރަހައްދުތަކަށް އާންމުކޮން ވާރޭ މިންވަރަށް ވުރެ އިތުރަށް ވާރޭ ވެހޭނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި ރާއްޖޭގެ ދެކުނަށް މިދުވަސްވަރު ވާރޭވެހޭނީ އާންމުކޮށް ވާރޭވެހޭ މިންވަރަށްވުރެ މަދުންކަމަށްވެސް އެ އިދާރާއިން ވިދާޅުވެއެވެ.

 

އެ އިދާރާއިން ލަފާކުރައްވާ ގޮތުގައި، މިދުވަސްވަރު ރާއްޖޭގެ ފިނިހޫނުމިން އެންމެ މައްޗަށް ދާނެ މިންވަރާއި އަދި އެންމެ ދަށަށް ދާނެ މިންވަރުވެސް އާންމު މިންވަރަށްވުރެ މަތިވާނެއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވި ގޮތުގައި މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރެއް ނަމަވެސް ކަނޑުތައް އާދައިގެ ވަރަށް މަޑުވާނެއެވެ. އެގޮތުން އެކި ސަރަހައްދުތަކަށް ކެރީގެ އަސަރު ކުރާނެ ކަމަށާއި އެހެންނަމަވެސް ވައިގެ ބާރުމިން އާދައިގެ ވަރަކަށް މަޑުވާނެކަމަށް އެ އިދާރާއިން ވިދާޅުވެއެވެ. އެހެންނަމަވެސް ދަތުރު ކުރުމުގައި ސަމާލުވުމަކީ މުހިންމުކަމެއްކަން މެޓް އޮފީހުންވެސް ފާހަގަކުރައްވައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު