ކާރެއް ވަގަށް ނެގި މައްސަލާގައި ބަޔަކު ހައްޔަރުކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ ކުންފުނި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ކާރެއް ވަގަށް ނެގި މައްސަލާގައި ބަޔަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، އެމްއޭސީއެލްގެ ވެހިކަލެއް ވަގަށް ނެގި ކަމުގެ ތުހުމަތުގައި މިހާރު ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ނަމަވެސް ހައްޔަރުކުރީ ކިތައް މީހުން ކަމާއި އެ މައްސަލައިގެ އިތުރު ތަފްސީީލް ހާމަކުރައްވާފައެއް ނުވެއެވެެ.

އެ މައްސަލަ ދަނީ ތަހުގީގުކުރަމުންނެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި، އެމްއޭސީއެލްގެ އެ ކާރަކީ ކުންފުނީގެ ދަތުރުތަކަށާއި، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުޙައްމަދު ވެސް ރަސްމީ ބޭނުންތަކަށް އާންމުކޮށް ދުއްވާ ކާރެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު