Saturday, 22 June 2024

މިއަދު މަޖިލިސް ޖަލްސާއަށް ހާޒިރުވީ އެންމެ 10 މެމްބަރުން

މިއަދު މަޖިލިސް ޖަލްސާއަށް ހާޒިރުވީ އެންމެ 10 މެމްބަރުން ކަމަށްވުމުން، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފަށަން ބޭނުންވާ އަދަދަށް މެމްބަރުން ހާޒިރު ނުވުމުގެ ސަބަބުން ކޯރަމް ހަމަނުވެ އެންމެ ފަހުން މިއަދުގެ ޖަލްސާ ކެންސަލްކޮށްފިއެވެ.

އިއްޔެގެ ޖަލްސާ ވެސް ކޯރަމް ހަމަނުވެ، ޖަލްސާ ފެށީ 09:30 ގަ އެވެ. އަދި 10:00 ގައި އަނެއްކާވެސް ޖަލްސާ ނިންމާލީ މެމްބަރުންގެ އަދަދު މަދުވުމުންނެވެ.

މިއަދުގެ ޖަލްސާ ފެށުމަށް ރިޔާސަތުގައި ހުންނެވި މުހައްމަދު އަސްލަމް ވަނީ ތަކުރާރުކޮށް ފުރުސަތު ދެއްވާފަ އެވެ. ޖަލްސާ ފައްޓަވައި، އަސްލަމް ވިދާޅުވީ ބައެއް ބޭފުޅުން މަޖިލީހަށް ހާޒިރުވެ ކުޑަދަށުގައި މަޑުކޮށްގެން އެބަތިއްބެވި ކަމަވެ.

11 ޖެހި އިރު ވެސް ތަޅުމުގައި ހާޒިރުވެ ތިއްބެވީ އެންމެ 10 މެމްބަރުންކަމަށްވުމުން، ޖަލްސާ ނިންމާލީއެވެ.

ދެން އޮންނާނީ މަޖިލީހުގެ 19 ވަނަ ދައުރުގެ އެންމެ ފަހު ޖަލްސާ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު