އެންމެ ބޮޑު ވަގުފް ޕްރޮޖެކްޓް "ދާރުއްސަލާމް" ގާއިމް ކުރަނީ

ރާއްޖޭގައި ތަރައްޤީކުރާ އެންމެ ބޮޑު ވަޤުފް ޢިމާރާތް، ދާރުއްސަލާމް ގާއިމު ކުރެވިގެން ދާނީ ހުޅުމާލޭގައި ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުމުގައި މިނިސްޓަރ ޝަހީމް ވިދާޅުވީ، ސަރުކާރުގެ މެނިފެސްޓޯގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުތަކާއި އެއްގޮތުގެ މަތިން ވަގުފް ޕްރޮޖެކްޓްތަކުގެ މަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށެވެ.

މިނިސްޓަރ ވިދާޅުވި ގޮތުގައި މި ޕްރޮޖެކްޓަކީ 205 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެކެވެ. އަދި އެތަން ގާއިމް ކުރެވިއްޖެނަމަ ރާއްޖޭގެ އިސްލާމީ ކަންކަން ކުރުމަށް ދިމާވާ މާލީ ދަތިކަން ހައްލުވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، އެ ޕްރޮޖެކްޓަށް ކިޔުމަށް ނިންމާފައިވަނީ “ދާރުއްސަލާމް އިސްލާމިކް ކޮންޕްލެކްސް” ކަމަށެވެ. މިނިސްޓަރ ވިދާޅުވީ މި އަަހަރު ފަހުކޮޅުގައި މި މަސައްކަތް ފެށިގެން ދާނެ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ސަރުކާރުން އެންމެ މުހިންމު ކަމެއް ގޮތުގައި ޒަކާތުގެ ނިޒާމު ހަރުދަނާކުރުމަށް އިސްކަމެއް ދެއްވާނެ ކަމަށެވެ.

އަދި މިހާރު ފުޅާ ދާއިރާއެއްގައި ޒަކާތުގެ މަސައްކަތް ފެށިގެން ދާކަމަށާއި ސަރުކާރުގެ ފަރާތުންނާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން ޒަކާތުހައުސްއިންގެ މަސައްކަތް ކުރަމުން ދަނީ ވަރަށް އަމާނަތްތެރިކަމާއި ތެދުވެރިކަމާއި އެކު ކަމަށްވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިހާތަނަށް ޒަކާތުހައުސް އުފެދުނު ފަހުން ރާއްޖޭގެ 3 ސަރަހައްދަކަށް ޒިޔާރަތް ކުުރެވިފައިވާ ކަން މިނިސްޓަރ ވިދާޅުވިއެވެ. އެއީ ހއ،ހދ އަދި އައްޑޫ އަތޮޅުއެވެ.

މި ސަރުކާރު ޤާއިމްވި ފަހުން މިހާތަނަށް މާލެ ސަރަހައްދާއި އަތޮޅުތަކުގެ މިސްކިތްތައް މަރާމާތުކުރުމަށް 19 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ސަރުކާރުން ވެރިކަމާއި ހަވާލުވިއިރު މިސްކިތްތަކުގެ މަރާމާތާއި މިސްކިތްތައް ބިނާ ކުރާ ކުންފުނިތަކަށް 27 މިލިއަން ރުފިޔާ ނުދައްކާ އޮތް ކަމަށާއި ނަމަވެސް މިހާރު މިހާރު މި ސަރުކާރުން ވަނީ އެ ހުރިހާ ފައިސާއެއް ދައްކައި ހަލާސްކޮށްފައި ކަމަށް ނިމިސްޓަރ ގެ ވާހަކައިގައި ވަނީ ފާހަގަކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު