ހައްޖުގެ އަޅުކަން އަދާކުރުމަށް ފުރުސަތު ލިބުނު މުވައްޒަފުންނަށް ލިޔުން ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެެރެއިން، ފޮޓޯ: އެމްއޭސީއެލް

ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމުގެ ފުރުޞަތު އެމްއޭސީއެލްގެ 10 މުވައްޒަފަކަށް

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެ.މް.އޭ.ސީ.އެ.ލްއިން އެ ކުންފުނީގެ 10 މުވައްޒަފަކަށް ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުޞަތު ފަހިކޮށްދީފިއެވެ.

ހުޅުލޭ އައިލަންޑް ހޮޓެލްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ޙައްޖުގެ އަޅުކަން އަދާކުރަން ފުރުސަތު ލިބުނު އެމްއޭސީއެލްގެ މުވައްޒަފުންނަށް އެކަމުގެ ލިޔުން ޙަވާލުކޮށްދެއްވީ އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޑަރ އިބްރާހީމް ޝަރީފް މުޙައްމަދެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޑަރ އިބްރާހިމް ޝަރީފު މުޙައްމަދު ވިދާޅުވީ ހައްޖުފަދަ މަތިވެރި އަޅުކަމެއް އަދާކުރުމުގެ ފުރުސަތު ކޮންމެ އަހަރަކު ކުންފުނީގެ 10 މުވައްޒަފަކަށް ދިނުމަކީ ކުންފުނީގެ މުހިންމު އަމާޒެއްކަމަށެވެ. އެގޮތުން ފުރުސަތު ދިނުމުގައި އެންމެ ބޮޑަށް ބަލާފައިވާނީ ކުންފުނީގައި އެންމެ ގިނަ ދުވަހު މަސައްކަތްކޮށްފައިވާ މުވައްޒަފުންނަށްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޙައްޖުގެ ކޯޓާ ހޯދުމަށް އެ ކުންފުންޏަށް ދަތިތަކެއް ކުރިމަތިވިޔަސް އިސްލާމިކް މިނިސްޓްރީއާ މަޝްވަރާތަކެއްކުރުމަށްފަހު އާންމުކޮށް ހައްޖުގެ އަޅުކަމަށް ދައްކަން ޖެހޭވަރަށް ވުރެއް އިތުރަށް ފައިސާ ދެއްކުމަށްފަހު ކޯޓާ ހަމަޖެހިފައިވާކަމަށާއި، ކިތަންމެ އުނދަގޫތަކެއް ކުރިމަތިވިޔަސް މުވައްޒަފުންނަށް މަންފާކުރާނެ ކަންކަން ކޮށްދިނުމުގައި ކުންފުނި ދެމިއޮންނާނެކަމަށް ޝަރީފް ވިދާޅުވިއެވެ.

 

އެ.މް.އޭ.ސީ.އެ.ލްއިން ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ކުންފުނީގެ މުވައްޒަފުންނަަށް ދޭން ފެނީ 1998 ވަނަ އަހަރުއެވެ. ނަމަވެސް އެކިސަބަބުތަކާއި ހުރެ އެމަސައްކަތް މެދުކެނޑުމަކަށްފަހު 2017 ވަނަ އަހަރު 10 މުވައްޒަފަކަށް ހައްޖުގެ އަޅުކަން އަދާކުރުމަށް ފުރުސަތު ވަނީ ދީފައެވެ. އަދި ކޮވިޑް-19ގެ ބަލިމަޑުކަން ފެތުރުމުގެ ސަބަބުން އެކަން މެދުކެނޑުމަށްފަހު 2023 ވަނަ އަހަރު 5 މުވައްޒަފަކަށް ވަނީ ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ދީފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ