Saturday, 15 June 2024

ހުޅުމާލޭގައި މީހުން އާބާދުވިތާ 20 އަހަރު ފުރޭ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރަނީ، ހަވާއަރުވާނެ

ހުޅުމާލޭގައި މީހުން އާބާދުވިތާ 20 އަހަރު ފުރޭ ދުވަހާއި، ކުޑަކުދިންގެ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރަން އެޗްޑީސީ އިން ނިންމަވައިފިއެވެ.

އެގޮތުން އެޗްޑީސީ އިން ވަނީ ހުޅުމާލޭގައި މީހުން އާބާދުވީތާ 20 އަހަރު ފުރޭ ދުވަހާއި ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ގިނަ ޙަރަކާތްތަކެއް ބޭއްވުމަށް ނިންމަވާފައިވާކަން ފާހަގަކުރައްވާފައެވެ.

މި ޙަރަކާތްތައް އޮންނާނީ ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.

އެގޮތުން މި ދުވަސް ފާހަގަކުރުމަށްޓަކައި މޭ މަހުގެ 10 އަދި 11 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޙަރަކާތްތަކުގެ ތެރޭގައި ކޭކު ފެޅުމާއި، މިސް އޫލީއާއެކު ކުޑަކުދިންގެ ވާހަކަ ކިޔުމާއި، ރޮބޯމޭން ޙަރަކާތްތަކާއި، ބޮޑުބެރުގެ ހަރަކާތްތަކާއި، ފެން ކުޅިވަރުގެ ޙަރަކާތްތަކާއި، މޫވީ ނައިޓާއި ހަވާ އެރުވުން ހިމެނެއެވެ.

ކޮންނަ ބޯޓު ބާއްވައިލެވޭވަރުގެ ބިންކޮޅެއް ހިއްކައިގެން ފެށި ހުޅުމާލެ މަޝްރޫއު 2002 ގައި ނިންމާލީ ލައްކައެއްހާ މީހުންނަށް ހަމަޖެހިލައިގެން ދިރިއުޅެވޭނެ ވަރުގެ ރަށެއް ހިއްކައިގެންނެވެ. އެއީ ރައީސް އަލްއުސްތާޒް މައުމޫން ޢަބްދުލްޤައްޔޫމުގެ ޒަޢާމަތުގައެވެ. މިއަދު އެ ރަށް ފެންނަނީ ރީތި މަގުތަކާއި ފެހި ޕާކުތަކާއި ހިތްގައިމު ފްލެޓްތަކުން ފުރިފައިވާ ތަހުޒީބު ސިޓީއެއްގެ ގޮތުގައެވެ. އެކަމަކު މީގެ އަހަރުތަކެއް ކުރިން އެ މަސައްކަތް ފެށިއިރު ކުރިއަށްދާން އޮތީ ދަތި، އުނދަގޫ ރާސްތާއެކެވެ.

ހުޅުމާލެ ހިއްކުން އިފްތިތާހުކުރި ރަސްމިއްޔާތުގައި މައުމޫން އެ މަސައްކަތް ފަށްޓަވައިދެއްވަނީ.


ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު