Wednesday, 19 June 2024

ވެލިދޫ، ޅޮހި އަދި ފޮއްދޫގެ ކަރަންޓުގެ ޚިދުމަތް އިތުރަށް ތަރައްޤީ ކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި

ވެލިދޫ، ޅޮހި އަދި ފޮއްދޫގެ ކަރަންޓުގެ ޚިދުމަތް އިތުރަށް ތަރައްޤީ ކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

ވެލިދޫ، ޅޮހި އަދި ފޮއްދޫގެ ކަރަންޓުގެ ޚިދުމަތް އިތުރަށް ތަރައްޤީ ކުރުމާ ގުޅޭގޮތުން ވެލިދޫ ދާއިރާގެ އިންތިޚާބީ މެންބަރު މުޙައްމަދު އައްބާސް ވަނީ މިއަދު ފެނަކަ ކޯޕަރޭޝަން ލިމިޑެޓްގެ މެނޭޖިން ޑައިރެކްޓަރ މުއާޒް މުހައްމަދު ރަޝީދުއާ ބައްދަލުކުރައްވާފައެވެ.

މި ބައްދަލުކުރެއްވުން އޮތީ ފެނަކަ ކޯޕަރޭޝަން ލިމިޑެޓްގެ މައި އޮފީހުގައެވެ.

ފެނަކަ ކޯޕަރޭޝަން ލިމިޑެޓްގެ މެނޭޖިން ޑައިރެކްޓަރ މުއާޒް މުހައްމަދު ރަޝީދު އާއެކު ބޭއްވުނު ބައްދަލުވުމުގައި، ނ.ވެލިދޫ، އައު އިންޖީނުގެ އެޅުމާއި އައު ކޭބަލް ނެޓްވޯރކް ގާއިމް ކުރުމަށާއި ވީއެންމެ އަވަސްކޮށް 1 މެގަ ވޯރޓްގެ ޖެނަރޭޓަރެއް ބެހެއްޓުމާއި ގުޅޭގޮތުން މަޝްވަރާކުރެވުނު ކަމަަށް އައްބާސް ވިދާޅުވިއެވެ.

އަދި ނ. ޅޮހީ ފެނަކަ އިންޖީނު ގޭގައި ނުނިމި ހުރި މަސައްކަތްތައް ނިންމާލުމާއި ގުޅޭގޮތުން މަޝްވަރާކުރެވުނު ކަމަށްވެސް ވިދާޅުވިއެވެ.

މީގެއިތުރުން ނ.ފޮއްދޫގައި ފެނަކަ ބުރާންޗްގެ ނުނިމި ހުރި ބައެއް މަސައްކަތްތައް ނިންމާލުމާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު