18 ޖަނަވަރީ 2025

ހުޅުމާލެއިން ދިރިއުޅުމަށް ދޫކުރާ ބިން ބީލަމުގެ އުސޫލުން ހަމައެކަނި ދިވެހިންނަށް ވިއްކަން ހުޅުވާލައިފި

ހުޅުމާލޭގެ 2 ވަނަ ފިޔަވަހިން ދިރިއުޅުމަށް ދޫކުރާ ބިން، ބީލަމުގެ އުސޫލުން ވިއްކަން މިއަދު ހުޅުވާލައިފިއެވެ.

އެޗްޑީސީ އިން ވިދާޅުވި ގޮތުގައި، ބީލަމުގެ އުސޫލުން ވިއްކުމަށް ހުޅުވާލާފައި ވަނީ ހުޅުމާލޭ 2 ވަނަ ފިޔަވަހީގެ ބީޗް ސައިޑުން 13 ބިމެވެ. މި ބިންތަކުގެ ތެރޭގައި 1864 އަކަފޫޓާއި 2408 އަކަފޫޓާ ދެމެދުގެ ބިންތައް ހިމެނެއެވެ.

އެޗްޑީސީ އިން ވިދާޅުވި ގޮތުގައި، ދިރިއުޅުމުގެ ބޭނުމަށް ބީލަމުގެ އުސޫލުން ދޫކުރުމަށް މިއަދު އިއުލާނުކުރި ބިންތައް ގަތުމަށް އެޕްލިކޭޝަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ އެ ކޯޕަރޭޝަންގެ ބިޑް ޕޯޓަލް މެދުވެރިކޮށް އޮންލައިން ކޮށެވެ.

އަދި ހަމައެކަނި ދިވެހިންނަށް ބައިވެރިވެވޭ ގޮތަށް ހުޅުވާލާފައިވާ ބީލަމުގައި އަމިއްލަ ފަރާތްތަކަށާއި 100% ދިވެހިންގެ ހިއްސާ އޮންނަ ކުންފުނިތަކަށް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

އެޗްޑީސީ އިން ވިދާޅުވި ގޮތުގައި، ބިން ވިއްކުން ކުރިއަށް ގެންދަނީ 2 މަރުހަލާ އަކަށް ބަހާލައިގެންނެވެ. ފުރަތަމަ މަރުހަލާ އަކީ އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީ އޯ އައި) ހުށަހެޅުމެވެ.

ދެވަނަ މަރުހަލާއަކީ ގަންނަން ކަނޑައަޅާފައިވާ ބިމަށް އެއް ފަރާތަށް ވުރެ ގިނަ ފަރާތުން އީ އޯ އައި ހުށަހަޅާފައި ވާނަމަ، ބިޑް ކުރުން ކަމަށް އެޗްޑީސީ އިން ވިދާޅުވިއެެވެ. ،

އެޗްޑީސީ އިން ވިދާޅުވި ގޮތުގައި، ދިރިއުޅުމުގެ ބޭނުމަށް ދޫކުރުމަށް ކަނޑައެޅިފައިވާ މި ބިންތަކުގެ ބީލަން ފެށޭ އަގަކީ އަކަފޫޓަކަށް 4،000.00 ރުފިޔާއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު