މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނެއްގައި 7 ފިރިހެނުންނާއި އަންހެނެއް ހައްޔަރުކޮށްފި

ފުލުހުން ހިންގި މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނެއްގެ ތެރެއިން 8 ދިވެހިން ހައްޔަރުކޮށްފިއެވެ.

މިކަމާ ގުޅޭގޮތުން ދިވެހި ފުލުހުން ޚިދުމަތުން ވިދާޅުވީ، މި އެންމެންވެސް ހައްޔަރުކޮށްފައިވަނީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓުން ހުޅުމާލޭ ފޭސް އެކެއްގައި މިރޭ ހިންގި ޑްރަގް އޮޕަރޭޝަނެއްގެ ތެރެއިންކަމަށެވެ.

ފުލުހުން ހާމަކުރައްވާފައިވާ ގޮތުގައި، މި އޮޕަރޭޝަންގައި ހައްޔަރުކުރި 8 މީހުންގެ ތެރޭގައި ހިމެނެނީ 7 ފިރިހެނުންނާއި އެއް އަންހެނެކެވެ. ނަމަވެސް މިކަމާގުޅޭ އިތުރު ތަފްޞީލެއް ފުލުހުން އަދި ހާމަކޮށްފައެއްނުވެއެވެ.

މި މައްސަލަ ފުލުހުން ގެންދަވަނީ ތަޙްޤީޤް ކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު