ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގެ ތެރޭގައި، ފޮޓޯ: ރައީސް މުޢިއްޒު ކެމްޕއިން ޓީމް

ކުޑަކުދީންނަކީ އަޅުގަނޑުމެންގެ ލޯތަކުގެ ފިނިކަން: ރައީސް

ކުޑަކުދީންނަކީ އަޅުގަނޑުމެންގެ ލޯތަކުގެ ފިނިކަން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ބައިނަލްއަޤްވާމީ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި، އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ކުޑަކުދީންނަކީ އަޅުގަނޑުމެންގެ ލޯތަކުގެ ފިނިކަން ކަމަށާއި، އެއީ ހތްްތަކުން ހަމަޖެހުން ކަމުގައެވެ.

"… މާދަމާގެ ފޮނި އުއްމީދެވެ." ކުޑަކުދީންނާ މެދު އެމަނިކުފާނުގެ ޝުޢޫރު ފާޅުކުރައްވަމުން ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ދުނިޔޭގެ ކުޑަކުދިންގެ ދުވަހަކީ ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް ފާހަގަކުރެވޭ ދުވަހެކެވެ. އެކި ޤައުމުގައި އެ ދުވަސް ފާހަގަކުރެވެނީ އެކިދުވަހުއެވެ. ދިވެހިރާއްޖޭގައި އެދުވަސް ފާހަގަކުރުމަށް ހަމަޖެހިފައިވަނީ މިއަދެވެ. ދިވެހިރާއްޖޭގެ ކުޑަކުދިންގެ ދުވަސް ކަމުގައި މިއަދު ހަމަޖެހިފައި މިވަނީ، ދިވެހިރާއްޖޭގެ ތުއްތު ކުދިންނަށް ތަޢުލީމު ދިނުމަށް ޚާއްޞަ ކުރެވިފައިވާ މޮންޓެސޫރީ ސްކޫލް ހުޅުވިފައިވަނީ، މީގެ އެތަކެއް އަހަރު ކުރިން، މެއި މަހުގެ 10 ވަނަ ދުވަހު ކަމަށްވާތީއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު