ޖަނަވަރީން ފެށިގެން މެމްބަރުކަމުގެ މުސާރަ ނުނަގަން: ނަޝީދު

ރައްޔިތުންގެ މަޖިލިހުގެ މެމްބަރަކަށް ވީތީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާ މުސާރަ ޖަނަވަރީ މަހުން ފެށިގެން ނަންގަވަމުން ނުގެންދަވާ ކަމަށް މަޖިލިހުގެ މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ސްރީލަންކާގެ "ދަ މޯނިން" ނޫހަށް ދެއްވި އިންޓަވިއުއެއްގައެވެ.

ރައީސް ނަޝީދު ވިދާޅުވީ ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ ފުރަތަމަ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ފުރުއްވަން ފެއްޓެވީ މިދިޔަ ފެބްރުއަރީ މަހުގައި ކަމަށެވެ. ނަޝީދު ވަނީ އެ މަގާމު އަދާކުރެއްވުމަށް ޖެނުއަރީ މަހު ގާނާ އަށް ދިރިއުޅުއްވަން ބަދަލު ކުރައްވައިފައެވެ.

ރައީސް ނަޝީދު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމަށް ފޮނުއްވި ސިޓީގައި ވިދާޅުވީ ސެކްރެޓަރީ ޖެނެރަލްގެ މަގާމާ ގުޅޭ ކަންކަން ކުރެއްވުމުގައި ވަރަށް ގިނަ ވަގުތު ނަގާ ކަމަށެވެ. އަދި އެ މަގާމާ ރަސްމީކޮށް ހަވާލުވުމުގެ ގޮތުން ގިނަ ކަންކަން ހަމަޖައްސަންޖެހޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަވާރަ ވަނަ މަޖިލިހުގެ ފުރަތަމަ ރައީސް ކަން ނަޝީދު ކުރެއްވި އިރު، މި ދައުރު މި މަހު ހަމަވާނެއެވެ.

ރައީސް ނަޝީދަށް މިހާރު ވެސް ކުރީގެ ރައީސުންގެ އިނާޔަތް ލިބިވަޑައިގަންނަވައެވެ. އެގޮތުން، ރައީސްކަން ކުރައްވާފައިވާ ބޭފުޅުންގެ ރައްކާތެރިކަމާއި އިނާޔަތް ދިނުމުގެ ގާނޫނުގައިވާ ގޮތުން، ކުރީގެ ރައީސަކަށް މާލީ އިނާޔަތުގެ ގޮތުގައި މަހަކު 172،000ރ. ލިބިވަޑައިގަންނަވައެވެ. އަދި މަޖިލިހުގެ ރައީސްގެ މުސާރަ އާއި އިނާޔަތުގެ ގޮތުގައި ލިބިވަޑައިގަންނަވާ 73،000ރ. އާއެކު، ނަޝީދަށް މަހަކު 245،000ރ. ލިބިވަޑައިގެންނެވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު