މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމް.ޕީ.އެލްއިން އެކުންފުނީގެ 5 މުވައްޒަފަކަށް މި އަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމުގެ ފުރުޞަތު ލިބިއްޖެއެވެ.
އެމް.ޕީ.އެލްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އަހަރު މި ކުންފުނީގެ ޚަރަދުގައި ޙައްޖަށް ދިއުމުގެ ފުރުޞަތު ލިބުނު 5 މުވައްޒަފުންނާ ސީ.އީ.އޯ މުޙައްމަދު ވަޖީހް އިބްރާހިމް ވަނީ ބައްދަލުކުރައްވައި، އެ މުވައްޒަފުންނަށް ޙައްޖު ދަތުރު ހަމަޖެހުނުކަމުގެ ލިޔުން ހަވާލުކޮށްދެއްވައިފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ޙައްޖު ދަތުރު ލިބުނު މުވައްޒަފުންނަށް ސީ.އީ.އޯ ވަޖީހް ވަނީ މަރުޙަބާ ދަންނަވައި، މަބްރޫރު ޙައްޖަކަށް އެދިވަޑައިގެންފައެވެ.
މި އަހަރު ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމުގެ ފުރުޞަތު ލިބުނު މުވައްޒަފުންނަކީ
- އިލްޔާސް މުޙައްމަދު – އެސިސްޓަންޓް އެގްޒެކުޓިވް،
- އަޙްމަދު ރަޝާދު – ސްޕެޝަލިސްޓް އިންޖިނިއަރ،
- އަޙްމަދު އުންމީދު – ސަރވިސް އިންޖިނިއަރ އަދި
- މުޙައްމަދު ނަބީލް – އޮޕަރޭޝަންސް އެގްޒެކުޓިވް
- ޒަކަރިއްޔާ އިބްރާހިމް – ލީޑް އެގްޒެކުޓިވް
އެމްޕީއެލްގެ ޙައްޖާއި ޢުމްރާ ޕޮލިސީގެ ދަށުން ކޮންމެ އަހަރަކުވެސް 5 މުވައްޒަފަކަށް ޙައްޖުގެ އަޅުކަން އަދާކުރުމަށް ކުންފުނީގެ ޚަރަދުގައި ފޮނުވައެވެ. އަދި 3 މުވައްޒަފުން ޢުމްރާގެ އަޅުކަމަށް ކުންފުނީގެ ޚަރަދުގައި ފޮނުވައެވެ.