ކެފޭއެއްގެ ބަދިގެއިން ދުން ލީކުވެގެން އަނބުރައިގަތް 7 މީހަކަށް ފަރުވާ ދެނީ

ކެފޭއެއްގެ ބަދިގޭގެ ދުން ހޮޅިން ބަދިގެ ތެރެއަށް ދުން ލީކުވުމުގެ ސަބަބުން އަނބުރައިގަނެގެން 7 ބިދޭސީއަކަށް ފަރުވާ ދެމުންދާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ވިދާޅުވީ، ބޮޑުރަސްގެފާނު މަގުގައި ހުރި ކެފޭއެއްގެ ބަދިގޭގެ ދުން ހޮޅިން، ދުން ލީކުވުމުގެ ސަބަބުން 7 މީހަކު އަނބުރައިގަނެގެން އައިޖީއެމްއެޗްއަށް ގެންގޮސްފައިވަނީ މިއަދު ފަތިހު 5:50 ކަންހާއިރުކަމަށެވެ. އަދި އޭގެތެރެއިން އެކަކަށް މިހާރު ފަރުވާ ދެމުންދަނީ އޭޑީކޭގައިކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

މި މީހުންގެ ތެރޭގައި ހިމެނެނީ ސްރީލަންކާއާއި އިންޑީއާއަށް ނިސްބަތްވާ މީހަކާއި ބަންގްލަދޭޝްގެ 2 މީހުންގެ އިތުރުން ނޭޕާލްގެ 3 މީހުން ކަމަށާއި އަދި މި މީހުންގެ ހާލު ސީރިއަސް ނޫންކަމަށް ހޮސްޕިޓަލުން، ފުލުހުންނަށް މަޢުލޫމާތު ދީފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ބުނީ މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު