11 ފެބުރުވަރީ 2026
މާލޭ މަގުތަކުގައި ފެންބޮޑުވުމުން އެމްއެންޑީއެފްއިން ފެންހިއްކުމުގެ މަސައްކަތުގައި، ފައިލް ފޮޓޯ: އެމްއެންޑީއެފް

"ބޯކޮށް ވާރޭވެހި، ފެންބޮޑުވާނެތީ ސަމާލުވޭ"

ކުރިއައް އޮތް 24 ގަޑިއިރު ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ބޯކޮށް ވާރޭވެހި، ފެންބޮޑުވާނެކަމަށް ލަފާކުރެވޭތީ އެކަމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކޮށްފިއެވެ.

އެ އިދާރާއިން ވިދާޅުވީ ކުރިއަށް އޮތް 3 ދުވަހުވެސް ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވާނެކަމަށެވެ. އެގޮތުން ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށާއި، އަދި ފެންބޮޑުވާނެކަމަށް ލަފާކުރެވޭތީ އެކަމަށް ސަމާލުކަން ދިނުމަށްވެސް މެޓް އޮފީހުން އިލްތިމާސްކުރައްވައެވެ.

އެ އިދާރާއިން ވިދާޅުވީ ބޯކޮށް ވާރޭވެހުމުގެ އިތުރުން ކަނޑުތައް އާދައިގެ ވަރަކަށް ގަވާނެކަމަށެވެ. އެހެންކަމުން ކަޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެއިދާރާއިން އިލްތިމާސްކުރައްވައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު