ހައްޖާޖީންގެ ރައްކާތެރިކަމަށް ޓްރެކިން ޑިވައިސްއެއް

ހައްޖުގެ މަތިވެރި އަޅުކަން އަދާ ކުރުމަށް ފުރާ ކޮންމެ ހައްޖާޖީއެއް އަތުގައި ލައިވް ލޮކޭޝަން ބެލޭ ޓްރެކިން ޑިވައިސްއެއް ދޭނެ ކަމަށް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިޔާ، ޕީއެސްއެމް ނިއުސްްގެ “ރާއްޖެ މިއަދު” ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ހައްޖަށްދާ މީޙުން ގެއްލި ނުވަތަ މަގުއޮޅި ކަމެއް ވެއްޖެނަމަ، އެހަވާލުކުރި ޑިވައިސްގެ އެހީގައި އެ ކޯޕަރޭޝަންއަށް އެމީހަކު ގެއްލިފައިވާ ތަން ދެނެ ގަނެ އެ ތިބޭ ތަނެއް ވަގުތުން އެ ކޯޕަރޭޝަންއަށް އިނގޭނެފަދަ ނިޒާމެއް ގާއިމްކޮށްފައި ވާނެ ކަމަށެވެ.

އެ ކޯޕަރޭޝަނުން މި ފިޔަވަޅު އަޅަން ނިންމީ މީގެ ކުރިން ހައްޖަށްދާ ގިނަ މީހުން ގެއްލޭކަން ފާހަގަކުރައްވާ އެމީހުންގެ ރައްކާތެރިކަމަށްޓަކައި ކަމަށް ޝަކީލް ވިދާޅުވިއެވެ.

އެގޮތުން ޝަކީލް އިލްތިމާސްކުރެއްވީ އެ ގްރޫޕެއްގެ އިސްކޮށް ހުންނަ މީހަކަށް އެންގުމަށްފަހު ނޫނީ އެކަނި ތަންތަނަށް ނުދިއުމަށެވެ.

ރާއްޖޭން ހައްޖަށް ގެންދަން މިހާރު ލިބެނީ 1000 ކޯޓާއެވެ. އެހެންނަމަވެސް ކޯޓާ އިތުރު ކުރުމަށް ސަރުކާރުން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ގެ ރިޔާސީ ވައުދުފުޅުގެ ދަށުން އެމަނިކުފާނުގެ ދައުރު ނިމުމުގެ ކުރިން 1000 ފަގީރުންނަށް ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ދިނުމަކީ އެމަނިކުފާނުގެ ވަރަށްބޮޑު ވައުދުފުޅެކެވެ. އެގޮތުން މިއަހަރު ހައްޖަށް ފޮނުވުމަށް 50 މީހުންނަށް ވަނީ އެފުރުސަތު ދީފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު