ގެވެށި އަނިޔާއިން ރައްކާތެރިކުރުވުމަށް ރައްޔިތުންނަށް މައުލޫމާތުދިނުމުގެ ޕްރޮގްރާމެއް، ފުލުހުންގެ އިސްނެގުމާއެކު ފ. އަތޮޅު ރަށްރަށުގައި ކުރިއަށް ގެންގޮސްފިއެވެ.
މި ޕްރޮގްރާމުގައި، ގެވެށި އަނިޔާއިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތަކާއި ގެވެށިއަނިޔާގެ ކުށެއް ހިނގާނަމަ އަމަލުކުރާނެ ގޮތުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ކުށްތަކަށް އަރައިގަންނަ ކުޑަކުދިން އެކަމުން ސަލާމަތްކޮށް އަނބުރާ މުޖުތަމައަށް ގެނައުމަށް ކުރެވިދާނެ ކަންކަމުގެ މައުލޫމާތު ދީފައިވެއެވެ.
ފ. އަތޮޅު ކައުންސިލާއި ފުލުހުން ގުޅިގެން އެ އަތޮޅުގެ ހުރިހާ ރަށެއްގައި ވަކިވަކީން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ރަށްރަށުގެ ކައުންސިލުތަކާއި މުއައްސަސާތަކުން ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.
މެއި މަހުގެ 12 އަދި 13 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި މައުލޫމާތުދެއްވީ ފެމެލީ އެންޑް ޖެންޑަރ އެފެއާޒް ޑިޕާޓްމަންޓާއި، ކްރައިމް އެގެއިންސްޑް ޗިލްޑްރަން ޑިޕާޓްމަންޓުގެ ފަރާތުންނެވެ.