ގދ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުންނަށް ކައުންޓަރ ޓެރަރިޒަމް އެވެއާނަސް ޓްރެއިނިންގ ޕްރޮގްރާމެއް ހިންގައިފިއެވެ.
ކައުންޓަރ ޓެރަރިޒަމް އިންޓެލިޖެންސް ޑިޕާޓްމަންޓާއި ގދ. ތިނަދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި، ޓެރަރިޒަމާ ގުޅުންހުރި ތަފާތު ހާލަތްތަކުގައި އަމަލުކުރާނެ ގޮތްތަކުގެ މައުލޫމާތުދީ ފައިވެއެވެ.
އަދި ކައުންޓަރ ޓެރަރިޒަމްގެ މައްސަލަތަކަށް އަހުލުވެރިކޮށް އަދި ފްރަންޓްލައިން އޮފިސަރުންގެ ރޯލުތަކާއި ޒިންމާތަކާ ގުޅޭގޮތުން މައުލޫމާތު ދީނުމުގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ.
މެއި 12 އަދި 13 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ގދ. އަތޮޅުގައި މަސައްކަތްކުރާ 35 ފުލުހުން ބައިވެރިވިއެވެ.