ދެނަމާދު ދޭތެރޭ ނިދުމަކީ ކޮންކަހަލަ ކަމެއް؟

މަޣްރިބު ނަމާދާއި ޢިޝާ ނަމާދާ ދެމެދު ނިދުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒް ޢަބްދުލް ލަޠީފް ވިދާޅުވެއްޖެއެވެ.

މަޣްރިބު ނަމާދާއި ޢިޝާ ނަމާދާ ދެމެދު ނިދުމަކީ ކޮންކަހަލަ ކަމެއްތޯ؟" މި ސުވާލު އާންމުންގެ މީހަކުކޮށްފައިވެއެވެ.

އާންމުންގެ މީހަކު ކުރި ސުވާލަކީ، "ދެނަމާދު ދޭތެރޭގައި ނިދުމަކީ މިއީ ކޮންކަހަލަ ކަމެއްތޯ؟" މި ސުވާލެވެ.

އެ ސުވާލުގެ ޖަވާބުގައި، އިސްލާމިކް ނޮލެޖް ވައިބަރ ގްރޫޕްގައި ޑރ. މުޙައްމަދު އިޔާޒް ޢަބްދުލް ލަޠީފް ވިދާޅުވީ، މަޣްރިބް އާއި ޢިޝާ އާއި ދެމެދު ނިދުމާއި ޢިޝާ ފަހުން ބޭކާރު ވާހަކަ ދައްކަން މަޑުކުރުން ރަސޫލާ ﷺ ރުހިވަޑައި ނުގަންނަވާ ކަންތައް ކަމުގައެވެ.

"މަޣްރިބް އާއި ޢިޝާ އާއި ދެމެދު ނިދުމާއި ޢިޝާ ފަހުން ބޭކާރު ވާހަކަ ދައްކަން މަޑުކުރުން ރަސޫލާ ﷺ ރުހިވަޑައި ނުގަންނަވާ ކަންތައް ކަމުގައި ވެއެވެ." ޑރ. އިޔާޒް ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު