ބަނޑޭރިކޮށީގެ އެޕާޓްމަންޓެއްގައި މަރުވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑު ޕޯސްޓުމޯޓަމް ހެދުމަށް ފޮނުވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ބަނޑޭރިކޮށީގެ އެޕާޓްމަންޓެއްގެ ތެރެއިން މަރުވެފައި އޮތް މީހެއް ފެނިފައިވަނީ މިދިޔަ ހޯމަދުވަހުއެވެ.
މަރުވެެފައި އޮއްވާ ފެނުނީ އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނެއްކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. އެ މީހާއާ ގުޅޭ އިތުރު އެއްވެސް ތަފްޞީލެއް ފުލުހުން ހާމަކުރައްވާފައެއް ނުވެއެވެ.
ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ބަލާ ފާސްކުރަމުން ދަނިކޮށް މަރުވެފައި އޮތް މީހަކު ފެނުނު އެޕާޓްމަންޓަކީ މީހުން ދިރިނޫޅޭ އެޕާޓްމަންޓެއްކަމަށް ވަނީ މަޢޫލޫމާތު ލިބިފައެވެ.
ފުލުހުން ވިދާޅުވާ ގޮތުގައި، މި މައްސަލަ އިތުރަށް ތަޙުޤީގުކުރަމުންދާކަމަށް ފުލުހުންގެ ޚިދުމަތުން ވަނީ ވިދާޅުވެފައެވެ.