Thursday, 20 June 2024
އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރުގެ ފާތިމަތު ތައުފީޤް، ފިޔަ އާޓްވޯކް

ފުރަތަމަ 4 މަސްދުވަހުގެ ތެރޭގައި ފަތުރުވެރިކަމުން ހާސިލުކުރަން ކަނޑައެޅި އަމާޒުގެ %25 އަށް

މިއަހަރުގެ ފުރަތަމަ 4 މަސްދުވަހުގެ ތެރޭގައި ފަތުރުވެރިކަމުން ހާސިލުކުރަން ކަނޑައެޅި އަމާޒުގެ %25 ހާސިލްވެފައިވާކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން، އެމް.އެމް.ޕީ.އާރު.ސީގެ މެނޭޖިންގ ޑިރެކްޓަރ ފާޠިމަތު ތަޢުފީޤް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ، ބީބީސީގެ އެޑިޓް ޕްރޮގްރާމަށް ދިން އިންޓަވިއުއެއްގައެވެ.

އެމް.އެމް.ޕީ.އާރު.ސީގެ މެނޭޖިންގ ޑިރެކްޓަރ ފާޠިމަތު ތަޢުފީޤް ވިދާޅުވީ، ފަތުރުވެރިކަމުގެ ސަބަބުން ރާއްޖޭގެ ރަށްތައް ކުރިއަރަމުން އަންނަކަމަށާއި، ފަތުރުވެރިކަން ފުޅާކުރުމަށް ޙާއްޞަ އިސްކަމެއްދޭކަމަށެވެ. އަދި ދިވެހިރާއްޖޭގެ ތިމާވެއްޓާއި އިޤްތިޞާދު ދެމެހެއްޓުމަށް ބާރުއަޅާކަމަށް ވަނީ ވިދާޅުވެފައެވެ.

މިއަހަރު ރާއްޖެ ގެނައުމަށް ކަނޑައެޅި ފަތުރުވެރިންގެ އަމާޒުގެ %25 މިދިޔަ 4 މަސްދުވަހުގެ ތެރޭގައި ހާސިލްވެފައިވާކަމަށް ފާޠިމަތު ތަޢުފީޤް ވިދާޅުވިއެވެ.

މިއަހަރު ރާއްޖެއަށް ގެނައުމަށް އަމާޒުހިފާފައިވަނީ 2 މިލިއަން ފަތުރުވެރިންނެވެ.

"ފަތުރުވެރިން އަންނަ އަދަދުތައް ދަނީ އިތުރުވަމުން. މިއަހަރުގެ ފުރަތަމަ 4 މަސްދުވަހުގެ ތެރޭގައި މިއަހަރު ރާއްޖެއަށް ގެނައުމަށް ކަނޑައަޅާފައިވާ ފަތުރުވެރިންގެ ޓާގެޓްގެ %25 ހާސިލްވެއްޖެ. އެއީ 5 ލައްކަ ފަތުރުވެރިން." ފާޠިމާތު ވިދާޅުވިއެވެ.

އެމްޑީ ވިދާޅުވި ގޮތުގައި، ދިވެހިރާއްޖެއަކީ އިރާއި، މޫދާއި ވެއްޔަށްވުރެ އިތުރު ތަޖުރިބާތައް ކުރެވޭ ތަނެކެވެ.

އޭނާ ވިދާޅުވީ، ގެސްޓްހައުސްތަކާއި ހޮޓެލްތަކުން ފަތުރުވެރިންނަށް ދިވެހިވަންތަ އެތައް ތަޖުރިބާތަކެއް ފޯރުކޮށްދޭކަމަށެވެ. ދިވެހި ޘަގާފަތުގެ ސަބަބުން ފަތުރުވެރިންނަށް ތަފާތު ތަޖުރިބާތަކެއް ލިބުމުގެ އިތުރުން، ފަތުރުވެރިން ރާއްޖޭގައި އައިސް ހުރުމަށް ތަފާތު ފެންވަރުގެ ތަންތަން ޚިޔާރުކުރާކަމަށް ވަނީ ވިދާޅުވެފައެވެ. އޭގެތެރޭގައި ރިސޯޓުތަކާއި، ލިވަބޯޑުތަކާއި ހޮޓެލް އަދި ރަށްރަށުގެ ގެސްޓްހައުސްތަށް ހިމެނޭކަމަށް ވިދާޅުވިއެވެ.

ފަތުރުވެރިކަމަކީ ޤައުމުގެ 80 ޕަސެންޓް އާމްދަނީ ހޯދައިދޭ ދާއިރާކަން ފާހަގަކުރައްވަމުން، މި ސިނާއަތުން ރައްޔިތުންނަށް ސީދާ ގޮތުންނާއި ނުސީދާގޮތުން އަސަރުކުރާކަމަށް އެމްޑީ ވިދާޅުވިއެވެ.

މީގެ އިތުރުން، ފަތުރުވެރިކަމުގެ ސަބަބުން ފޯރުކޮށްދޭ އެކިއެކި ޚިދުމަތްތަކުންނާއި ހޮޓެލް، ގެސްޓްހައުސްފަދަ ވިޔަފާރިތަކުން ރަށްތަކުގެ ރައްޔިތުންނަށް ފައިދާކުރާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު