10 ފެބުރުވަރީ 2026

ވައިގަދަވެ ކަނޑުތައް ގަދަވާނެތީ ރީނދޫ ސަމާލު ނެރެފި

25 މޭލާއި 30 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެތީ ރާއްޖޭގެ ބޮޑުބަޔަކަށް ރީނދޫ ސަމާލު ނެރެފިއެވެ. އަދި މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ މުޅި ރާއްޖެއަށް ހުދު ސަމާލުވެސް ނެރެފިއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ރީނދޫ ސަމާލު ނެރެފައިވަނީ ވަނީ ޅ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް މިއަދުގެ 10:00 އިން 14:30 އަށެވެ. އަދި ހުދު ސަމާލު ނެރެފައިވަނީ މިއަދު 08:30 އިން ފެށިގެން މެންދުރު ފަހު 14:30އާއި ހަމައަށެވެ.

ގަޑިއަކު 22 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖޭނެކަމަށާއި، ކަނޑުތައްވެސް ގަދަވާނެކަމަށް ލަފާކުރެވޭކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ. އެހެންކަމުން މެޓް އޮފީހުންވަނީ ހއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ހަމައަށް އެލާޓް ނެރެފައެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކުރާގޮތުގައި، ދިޔަވަރުބޮޑުވާ ވަގުތު އުދައެރުންވެސް އެކަށީގެންވެއެވެ. ރާޅުގެ އުސްމިން ހުންނާނީ 5 ފޫޓާ 8 ފޫޓާ ދެމެދުގައެވެ. އެހެންކަމުން މިކަމަށް ސަމާލުކަންދިނުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ.

މިއަދުން ފެށިގެން 5 ދުވަހަށް ރާއްޖޭގެ މޫސުން ގޯސްވެފައިވާނެކަމަށް ލާފާކޮށް މެޓް އޮފީހުންވަނީ އެކަމަށް ސަމާލުވުމަށް އިލްތިމާސްކުރައްވާފައެވެ. މިހާރު ކުރަމުން މިދަނީ ހުޅުގު މޫސުން ފެށުމާގުޅިގެން ކުރާ ވިއްސާރަކަށް މެޓުން ވިދާޅުވެއެވެ. ރާއްޖޭގެ އެކި ހިސާބަށް މޫސުން ގޯސްވެ ވިއްސާރަކުރަމުންދާތީ މެޓް އޮފީހުން ދަނީ އެލަރޓްތައް ނެރެމުންނެވެ. ކުރިއަށް އޮތް 24 ގަޑިއިރަށް ބަލާއިރުވެސް ރާއްޖޭގެ އެކި ހިސާބަށް ގުގުރުމާއެކު ވިއްސާރަކުރާނެކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށް މެޓުން ލަފާކުރެއެވެ. ވިލާގަނޑުގައި އެންމެ ބާރަށް ވައިޖެހޭ ވަގުތުގައި 40 މޭލަށް ވައިގަދަވާނެކަމަށްވެސް ލަފާކޮށްފައިވެއެވެ.

ކަނޑުތައް ގަދަވާނެތީ ކަނޑު ދަތުރު ކުރާ އުޅަނދުތަކުން އެކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ކަމާގުޅޭ ފަރާތްތަކުން ދަނީ އިލްތިމާސްކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު