އިނޮކޮނިމިކް މިނިސްޓްރީއިން ޔޫރަޕުގެ އެންމެ ފުންނާބު އުސް އެއް ލޯފާމާއެކު މަޝްވަރާކުރުން، ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

ރާއްޖޭގެ ސްޕެޝަލް އިކޮނޮމިކް ޒޯންގެ މަސައްކަތްތައް ހަރުދަނާކުރުމަށް މަޝްވަރާކޮށްފި

ރާއްޖޭގެ ސްޕެޝަލް އިކޮނޮމިކް ޒޯންގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމުގައި އެހީފޯރުވުމާއިމެދު އިނޮކޮނިމިކް މިނިސްޓްރީއިން ޔޫރަޕުގެ އެންމެ ފުންނާބު އުސް އެއް ލޯފާމާއެކު މަޝްވަރާކޮށްފިއެވެ.

އިގްތިސާދާބެހޭ ވަޒީރު މުޙައްމަދު ސައީދު  އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިކޮނޮމިކް މިނިސްޓްރީއިންވަނީ އެމެރިކާގައި ދެވަނަ އަދި ޔޫރަޕުގައި އެއްވަނައިގައިވެސް ރޭންކު ކުރެވިފައިވާ ލޯ ފާމް އެއްކަމަށްވާ ޑީއެލްއޭ ޕައިޕާރ އާއިއެކު ރާއްޖޭގެ އިގްތިސާދީ މަސައްކަތްތައް ހަރުދަނާކުރުމުގެ ގޮތުން ބައްދަލުކޮށް މަޝްވަރާކޮށްފައިވާ ކަމުގައެވެ.

މި ބައްދަލުވުމުގައި، ރާއްޖޭގެ އެސްއީޒެޑްގެ ގާނޫނީ އޮނިގަނޑު ޒަމާނީކޮށް ހަރުދަނާކުރުމަށް އެ ކުންފުނީގެ އެހީތެރިކަން ހޯދުމާއި ގުޅޭގޮތުން މަޝްވަރާކޮށްފައިކަމަށާއި މާލީ މަސައްކަތްތަކާއި ރައީސް ޑރ މުހައްމަދު މުއިއްޒުގެ އިގްތިސާދީ ތަސައްވުރު ކުލަކުރުމުގައި އެ ކުންފުނީގެ އެހީތެރިކަން ހޯދުމަށް މަޝްވަރާތައް ކޮށްފައިވާކަން ހިއްސާކުރެއްވިއެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު