12 ފެބުރުވަރީ 2025
ރާއްޖޭގެ މަރުކަޒީ ބޭންކު އެމްއެމްއޭ

ޢީދު ބަންދުގައި ބޭންކުތައް ހުޅުވާނީ ޖޫން 18ގައި: އެމްއެމްއޭ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ނިންމަވާފައިވާ ގޮތަށް، އަޟްހާ ޢީދާ ގުޅިގެން އަންނަ ބަންދު ދުވަސްތަކުގެ ތެރޭގައި ރާއްޖޭގެ ބޭންކްތައްހުޅުވާނެ ދުވަސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން އިއުލާން ކޮށްފިއެވެ.

މިކަން ހާމަކުރައްވަމުން އެމްއެމްއޭއިން ވިދާޅުވީ، ޖޫން މަހުގެ 18 ވަނަ ދުވަހު އެމްއެމްއާއި ބޭންކުތަކުން ހިދުމަތް ދިނުމަށް ވަނީ ނިންމާފައެވެ.

އެމްއެމްއޭ އިން ވިދާޅުވިގޮތުގައި މި ދުވަހު ބޭންކިން ހިދުމަތާއި، ފައިސާ ބަލައިގަނެ ދޫކުރުމުގެ ހިދުމަތާއި ސިޓީ އާއި ތަކެތި ބަލައިގަތުމުގެ ހިދުމަތް ލިބޭނީ ހެނދުނު 08:30 އިން މެންދުރު 14:00 އަށެވެ.

ބޭންކުތަކުގެ ޚިދުމަތް ދެމުން ދާނީ މިހާރުވެސް ކުރިއަށްގެންދާ ގޮތަށް އެޕޮއިންޓްމަންޓް އުސޫލުން ކަމަށްވެސް އެމްއެމްއޭއިން ވިދާޅުވެއެވެ.

މިއަހަރުގެ ބޮޑު އީދާ ގުޅިގެން ހަތަރު ދުވަސް ބަންދު ވާނެއެެވެ. އެއީ ޖޫން 16 އިން 20 އަށެެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު