Wednesday, 19 June 2024

ބަނޑުގައި އޮންނަ ދަރިފުޅުގެ ޖިންސު ބެލުމަކީ ކޮންކަހަލަ ކަމެއް؟

ބަނޑުގައި އޮންނަ ދަރިފުޅުގެ ޖިންސު ބެލުމަކީ މަނާކަމެއް ނޫން ކަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒް ޢަބްދުލް ލަޠީފް ވިދާޅުވެއްޖެއެވެ.

އާންމުންގެ މީހަކު ކުރި ސުވާލަކީ"ބަނޑުގައި އޮންނަ ދަރިފުޅަކީ ކޮން ވައްތަރެއްގެ ކުއްޖެއްތޯ ބަލައި އެކަން އެހެން މީހުންނަށް ފާޅުކޮށް ހެދުމަކީ ކޮންކަހަލަ ކަމެއްތޯ؟ މިކަމުގެ ސަބަބުން އެސްފީނާއަށް މަގުފަހި ވާނެތޯ؟" މި ސުވާލެވެ.

އެ ސުވާލުގެ ޖަވާބުގައި، އިސްލާމިކް ނޮލެޖް ވައިބަރ ގްރޫޕްގައި ޑރ. މުޙައްމަދު އިޔާޒް ޢަބްދުލް ލަޠީފް ވިދާޅުވީ، ބަނޑުގައި އޮންނަ ދަރިފުޅުގެ ޖިންސު ބެލުމަކީ މަނާކަމެއް ނޫން ކަމަށެވެ.

އަދި އެވާހަކަ ދެއްކުމަކީވެސް މައްސަލައެއް ނޫން ކަމަށާއި ޙަސަދަވެރިން އުޅޭނަމަ އެސްފީނާގެ ނުރައްކާ ފިލައި ނުދާނެ ކަމުގައެވެ. ވީމާ، ރައްކާތެރި ކަމުގެ ގޮތުން ހެނދުނާއި ހަވީރުގެ ޒިކުރުތަކަށް ރައްކާތެރިވާން ޖެހޭ ކަމަށް ޑރ. އިޔާޒް ވިދާޅުވިއެވެ.

"ބަނޑުގައި އޮންނަ ދަރިފުޅުގެ ޖިންސު ބެލުމަކީ މަނާކަމެއް ނޫނެވެ. އަދި އެވާހަކަ ދެއްކުމަކީވެސް މައްސަލައެއް ނޫނެވެ. ޙަސަދަވެރިން އުޅޭނަމަ އެސްފީނާގެ ނުރައްކާ ފިލައި ނުދާނެއެވެ. ވީމާ، ރައްކާތެރި ކަމުގެ ގޮތުން ހެނދުނާއި ހަވީރުގެ ޒިކުރުތަކަށް ރައްކާތެރިވާން ޖެހެއެވެ." ޑރ. އިޔާޒް ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު