ނޫސްވެރިންގެ ބައްދަލުވުމެއްގައި ހެލްތު މިނިސްޓަރ އަބްދުﷲ ޚަލީލް.

ކިޑްނީ ޓްރާންސްޕްލާންޓް ކުރުމާ ބެހޭ ބިލް އަންނަ މަޖިލީހަށް ހުށައަޅަނީ

ކިޑްނީ ޓްރާންސްޕްލާންޓްގެ ޚިދުމަތް ރާއްޖޭގައި ދިނުމަށް، ބޭނުންވާ ޤާނޫނު 20 ވަނަ މަޖިލިހަށް ހުށަހަޅުއްވާނެ ކަމަށް ހެލްތު މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރ ވިދާޅުވީ، ގުނަވަން ބަދަލުކުރުމަކީ ދުނިޔޭގެ އެކި ތަންތަނުގައި ޤާނޫނެއްގެ ދަށުން ކުރެވޭ ކަމެއްކަމަށާއި، މިއީ ވަރަށް ބޮޑަށް ރެގިއުލޭޓު ކޮށްގެން ކުރާ ކަމެއް ކަމަށެވެ.

އެގޮތުން ރާއްޖޭގައިވެސް މި ހިދުމަތް ފެށުމަށްޓަކައި، ޤާނޫނު ޑްރާފްޓް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، މި މަހުގެ 28 ގައި އާ މަޖިލިސް ހުވާކުރުމުން ބިލް ފޮނުވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިހާރުވެސް ބައެއް ޕްރައިވެޓް ހޮސްޕިޓަލްތަކުން މިކަމަށް ޝައުގުވެރިކަން ފާޅު ކުރައްވާފައި އެބަހުރިކަން މިނިސްޓަރު ފާހަގަކުރައްވަމުން، މިއީ އުސޫލުތަކެއް ގާއިމްވެގެން ނޫނީ ކުރެވޭނެ ޒާތުގެ ކަމެއް ނޫންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އެ ގާނޫނު ނުވަތަ އެކަމުގެ އުސޫލުތައް ނަޔަސް އަޅުގަނޑުމެން މަސައްކަތްކުރަމުން މި ގެންދަނީ މިހާރު ވެސް ދެވޭ ހިދުމަތެއް، އޭގެ ތެރޭގައި ޓްރާންސްޕްލާންޓް ކުރަން ބޭނުންވާ ފަރާތްތަކަށް ޓްރާންސްޕްލާންޓް ކުރަން ބޭނުންވާ ފަންޑިންއާ އަދި އެހެނިހެން ވެސް ލުއިކަން ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ޔަގީންކަން ދިނުން." މިނިސްޓަރު ވިދާޅުވިއެވެ..

މި ބިލް ހުށަހެޅުއްވުމަށް ނިންމަވާފައިވާއިރު، ރާއްޖޭގައި މިފަދަ ބަލިތައް އާންމުވަމުންދާތީ މިނިސްޓްރީއިން ވަނީ ދިރާސާއެއް ހެދުމަށްވެސް ނިންމާފައެވެ. މި ދިރާސާ ކުރުމަށްޓަކައި އެހީއަށް ޑަބްލިއުއެޗްއޯގައި އެދިފައިވާކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު