Saturday, 22 June 2024

"އިންޑިއާއަށް ރާއްޖެ ދަރުވާލީ ޞާލިޙުގެ ސަރުކާރުން"

އިންޑިއާއަށް ރާއްޖެ ދަރުވާލި މައްސަލައިގައި، ގޯސް ކުރެވެން އޮތީ، ރައީސް އިބްރާހީމް މުހައްމަދު ޞާލިޙުގެ ސަރުކާރު ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ޓީވީ ޗެނަލެއް ކަމަށްވާ، ޗެނަލް13ގެ ”ނިއުސްޓޯކް“ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ ރާއްޖެއިން އިންޑިއާއަށް ދައްކަން ޖެހޭ ބޮޑު ދަރަންޏެއް އެބަ އޮތް ކަމަށާއި، އެއް ގައުމެއްގެ ދަށުވާ ގޮތަށް އެފަދަ ކަމެއް ކޮށްގެން ނުވާނެ ކަމަށެވެ. އިންޑިއާ އިން ނުވަތަ ޗައިނާ އިން އެކަނި، ދަރަނި ނެގުމަކީ އެ ގައުމުތަކުގެ ދަށު ވާނެ ކަމެއް ކަމަށް ވިދާޅުވިއެވެ.

ރައީސް ޞާލިޙުގެ ސަރުކާރުން 200 މިލިއަން ޑޮލަރުން، ރާއްޖެ އިންޑިއާއަށް ދަރުވާލިއިރު، މި ސަރުކާރުން އެ ފައިސާގެ ތެރެއިން، 50 މިލިއަން ޑޮލަރު ދައްކާފައިވާކަން ފާހަގަކުރައްވައި، އަދިވެސް ދައްކަން ހުރި 150 މިލިއަން ޑޮލަރަކީ ބޮޑު އަދަދެއް ކަމަށް އުމަރު ވިދާޅުވިއެވެ.

ރާއްޖެއިން ސްޓޭޓް ބޭންކް އޮފް އިންޑިއާއިން ނަގާފައިވާ ލޯނަށް މިމަހު ދައްކަން ޖެހޭ 50 މިލިޔަން ޑޮލަރު, އެ ގައުމުން ވަނީ އެއް އަހަރަށް ރޯލްއޯވާކޮށްދީފައެވެ. ރޯލްއޯވާކޮށްފައިވަނީ އިތުރު އިންޓްރެސްޓެއް ނާރާގޮތަށް ކަމަށާއި, އެސްބީއަށް މިކަމުން ލިބޭ ގެއްލުމުގެ ބަދަލު ދޭނީ އިންޑިއާގެ ސަރުކާރުން ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު