ދެ ފުލުހަކަށް ވަޅިން ބިރުދެއްކި މައްސަލައިގައި ތިން މީހަކު ހައްޔަރުކޮށްފި

ކުލަ ހެދުމުގައި ތިބި ދެ ފުލުހުހަކަށް ވަޅިން ބިރުދައްކައި މާރާމާރީ ހިންގި މައްސަލައިގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ ފަރާތުން ވިދާޅުވި ގޮތުގައި، މާރާމާރީ ހިންގައިފައިވަނީ ރޭ 22:00 ހާއިރުއެވެ. މި މައްސަލައިގައި ދިވެހި ތިން 3 ފިރިހެނުން ހައްޔަރުކޮށްފައިވާއިރު އެއީ 35 އަހަރުގެ މީހަކާއި 39 އަހަރުގެ ދެ މީހުންނެއެވެ.

މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ގެންދާކަމަށް ވަނީ މައުލޫމާތު ދީފައެވެ.

އެމީހުން ހައްޔަރު ކުރުމުގައި ފުލުހުން ހަރަކާތްތެރިވި ގޮތާމެދު ޝަކުވާތަކެއް ސޯޝަލް މީޑިއާ އަދި ފުލުހުންނަށް ސީދާކޮށް ވެސް ލިބެމުންދާ ކަމަށް ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިފާން ވިދާޅުވިއެވެ.

ޝިފާން ވިދާޅުވީ، އެ މީހުން ހައްޔަރު ކުރި އިރު ބާރުގެ ބޭނުން ކުރި ގޮތް އާންމު އުސޫލުން ވަޒަންކޮށް ބެލޭނެ ކަމަށެވެ.

އަދި މާލެ ރައްކާތެރި ތަނެއްގެ ގޮތުގައި ބޭއްވުމަށް ފުލުހުން ކުރަމުންދާ މަސައްކަތް ހުއްޓާނުލައި ކުރަމުންދާނެ ކަމަށް ވެސް ޝިފާން ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު