ޗައިނާގެ ޔުނާން ޕްރޮވިންސާއި ރާއްޖެއާ ދެމެދު ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރަން މަޝްވަރާކުރުން، ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

ޗައިނާގެ ޔުނާން ޕްރޮވިންސާއި ރާއްޖެއާ ދެމެދު ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރަން މަޝްވަރާކޮށްފި

ޗައިނާގެ ޔުނާން ޕްރޮވިސްއާއި ރާއްޖެއާއި ދެމެދު ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހި ކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

ޗައިނާގެ ޔުނާން ޕްރޮވިސްއާއި ރާއްޖެއާއި ދެމެދު ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހި ކުރުމާއި ގުޅޭގޮތުން މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ޔުނާން ޕްރޮވިންޝިއަލް ޕީޕަލްސް ކޮންގްރެސްގެ ސްޓޭންޑިން ކޮމެޓީގެ ވައިސް ޗެއަރ ލީ ޝިއާއޯސަން މިހާރު ރާއްޖެއަށް ކުރއަށްވަމުންދާ ދަތުރުފުޅުގެ ތެރެއިން އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސައީދާއެކު ބޭއްވި ބައްދަލުވުމުގައެވެ.

މިކަމާ ގުޅޭގޮތުން ވަޒީރު ވަނީ ޔުނާން ޕްރޮވިންސާއި ރާއްޖެއާއި ދެމެދު އޮތް ގާތްގުޅުން ފާހަގަކުރައްވާފައެވެ.

ޔުނާންގެ ކުންމިންގައި ބާއްވާ ކުންމިންގު ފެއާރގެ ތެރެއިންނާއި ކުޅިވަރުގެ ދާއިރާއިން ހާއްސަކޮށް ޓޭބަލް ޓެނިސްގެ ދާއިރާއިން ތަމްރީންތައް ހިންގުމަށް ހުރި ފުރުސަތުތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.

ވަޒީރު ވިދާޅުވި ގޮތުގައި، މި ބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދު އޮތް ގާތްގުޅުން ބަދަހި ކުރުމުގައި، ރައްޔިތުންގެ މެދުގައި ގާތްގުޅުމެއް އޮތުން މުހިއްމުކަމަށާއި މިއީ ވިޔަފާރީގެގޮތުން ގުޅުން ބަދަހިކުރުމުގައިވެސް މުހިއްމު ކަމެއްކަމުގައެވެ.

ވަޒީރު ވިދާޅުވީ ވައިސް ޗެއަރ ލީ ޝިއާއޯސަންގެ މި ދަތުރުފުޅާއެކު ގުޅުންތައް އިތުރަށް ވަރުގަދަކޮށް، ވިޔަފާރި އާއި އިޤްތިސާދީ ދާއިރާއިން ދެ ޤައުމުގައި ހުރި ފުރުސަތުތައް ދެނެގަތުމަށް އެހީތެރިވެދޭނެ ކަމަށެވެ.

ވަޒީރު ވަނީ ވައިސް ޗެއަރ ލީ ޝިއާއޯސަން އަދި ވަފުދުގައި ހިމެނޭ ފަރާތްތަކުން މިފަދަ ދަތުރެއް ރާއްޖެއަށް ކުރާތީ ޝުކުރު އަދާކޮށްފައެވެ. އަދި ޗައިނާ އާއި ރާއްޖެއާއި ދެމެދު އޮތް ރަހުމަތްތެރިކަމުގެ ގުޅުން އިޤްތިސާދީ ޕާޓްނަރޝިޕަކަށް ބަދަލުވެފައިވާކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު