ރައްޔިތުންގެ މަޖިލީހުގެ ކުރެންދޫ ދާއިރާގެ އިންތިޚާބީ މެމްބަރު ޝާމިން ހަބީބު މިއަދު ޕީއެންސީއާ ގުޅިވަޑައިގެންފިއެވެ.
މިއަދު ކުރެންދޫ ދާއިރާގެ އިންތިޚާބީ މެމްބަރު ޝާމިން ހަބީބު ޕީއެންސީއަށް ސޮއި ކުރެއްވިއިރު، އޭނާގެ ފޯމާއި ހަވާލުވެވަޑައިގެންނެވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
މިދިޔަ މަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވައި ކާމިޔާބު ކުރެއްވި ހަތް މެމްބަރަކު މީގެ ކުރިން ވަނީ ޕީއެންސީއަށް ސޮއި ކުރައްވާފައެވެ.
މީގެ ކުރިން ޕީއެންސީއަށް ސޮއި ކުރެއްވި މެންބަރުން
މީގެ ކުރިން ސޮއިކުރި މެންބަރުންނަކީ
ޑރ. އަނާރާ ނަޢީމް – ހުރާ ދާއިރާ
ޙަސަން ޒަރީރު – މަތިވެރި ދާއިރާ
އަހްމަދު ޒަމީރު – މައްޗަންގޮޅި މެދު ދާއިރާ
އަޙްމަދު ރިޔާޒް – ތިމަރަފުށި ދާއިރާ
ޔާސީން ޢަބްދުﷲ – ނައިފަރު ދާއިރާ
ޢާޒިމް ޢަބްދުލް ޢަޒީޒް – ވިލިނގިލި ދާއިރާ
މުޙައްމަދު ރަޝީދު ނޮޅިވަރަމް ދާއިރާ
މި މެމްބަރުން ޕީއެންސީއަށް ސޮއިކުރެއްވުމާއެކު 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި ސަރުކާރުގެ މެމްބަރުންނާއި ސަރުކާރަށް ތާއިދުކުރައްވާ މެމްބަރުންނާއެކު 78 މެމްބަރުން ތިއްބަވާނެއެވެ. ޕީއެންސީގައި އެކަނި ވެސް މިހާރު 74 މެމްބަރުން ތިއްބަވާނެއެވެ.