ޙައްޖަށް މީހުން ގެންދިއުމުގެ އިންތިޒާމްތައް ހަމަޖެއްސުމުގައި މަސައްކަތްކުރާ އިސްފަރާތްތަކާއި އިދާރާތަކާއި، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ ބައްދަލުކުރައްވާފަ. ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ޙައްޖަށްދާ މީހުންގެ ފުރަތަމަ ފުލައިޓް އަންނަ ހަފުތާތެރޭ ފުރާނެ

މިއަހަރު ރާއްޖެއިން ޙައްޖަށް ދާ މީހުންގެ އިންތިޒާމްތަކާ ތައްޔާރީތައް ފުރިހަމަކޮށްފައިވާކަމަށާއި ފުރަތަމަ ފްލައިޓް އަންނަ ހަފްތާ ތެރޭގައި ފުރާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

މިކަން ހާމަކުރައްވައި، ވަޒީރު ޑރ.ޝަހީމް ވިދާޅުވީ ރާއްޖެއިން ހައްޖަށްދާ މީހުންގެ ފުރަތަމަ ފްލައިޓް މިމަހުގެ 31ވާ ހުކުރު ދުވަހު ސަޢުދީ އަރަބިއްޔާއަށް ފުރާނެކަމަށެވެ. ޑރ.ޝަހީމް ވިދާޅުވީ ރާއްޖެއިން ޙައްޖަށްދާ މީހުންނަށް ބޭނުންވާ ޚިދުމަތް ދިނުމަށް ފުރިހަމަކުރަންޖެހޭ ކަންކަމާއި ތައްޔާރީތައް، ކަމާގުޅުންހުރި މުއައްސަސާތަކާ ގުޅިގެން ކޮށް ނިންމާފައިވާކަމަށެވެ.

ޙައްޖަށް މީހުން ގެންދިއުމުގެ އިންތިޒާމްތައް ހަމަޖެއްސުމުގައި މަސައްކަތްކުރާ އިސްފަރާތްތަކާއި އިދާރާތަކާއި، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ ބައްދަލުކުރައްވާ މަޝްވަރާކުރައްވާފައެވެ.

ޙައްޖުގެ އަޅުކަމަށް ދާ މީހުންނަށް ބޭނުންވާ ޚިދުމަތްތައް ހަރުދަނާކުރުމަށް، ރާއްޖެއަށް ލިބޭ ހުރިހާ ޙައްޖު ކޯޓާއެއް ސަރުކާރުގެ ކުންފުނި، ޙައްޖު ކޯޕަރޭޝަނަށް ދިނުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. އާއްމު އުސޫލުން ކޮންމެ އަހަރަކުވެސް ރާއްޖެއަށް ލިބެނީ 1000 ޙައްޖު ކޯޓާއެވެ. މީގެތެރެއިން 50 ކޯޓާ، ކަނޑައަޅާފައިވަނީ ސަރުކާރުގެ ޚަރަދުގައި ނިކަމެތިންނަށް ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުޞަތު ދިނުމަށެވެ. އެ ފުރުޞަތު ލިބޭ މީހުންވެސް މިހާރު ވަނީ ހޮވާފައެވެ.

ކަލަންޑަރުގައިވާގޮތުން މިއަހަރުގެ ޙައްޖު ދުވަހަކީ ޖޫންމަހުގެ 15 ވަނަ ދުވަހެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ