އިމާރާތްކުރާ ތަންތަނުގެ ސަލާމަތީ ކަންކަން ހަރުދަނާކުރަން އިލްތިމާސްކޮށްފި

މި ދުވަސްވަރު މުޅި ރާއްޖެއަށް ވެސް ވައިގަދައިރު، އިމާރާތްކުރާ ތަންތަނުގެ ސަލާމަތީ ކަންކަން ހަރުދަނާކުރަން އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން އިލްތިމާސްކޮށްފިއެވެ.

އެ މިނިސްޓްރީން ނެރުނު އިއުލާނެއްގައި ވަނީ، ކުރިއަށް އޮތީ ހުޅަނގު މޫސުމުގެ ދުވަސްވަރަށްވުމުން މޫސުން ގޯސްވެ، ވައި ވެސް ގަދަވާނެ ކަމަށެވެ. އަދި، އެކަމުގެ ސަބަބުން މަސައްކަތުގެ ސައިޓުގައި ހަރުކޮށްފައި ހުންނަ ނުވަތަ ބޭނުންކުރާ ތަކެތި ވިއްސައިގެން ގޮސް ހިތާމަވެރި ހާދިސާއެއް ހިނގައިފާނެ ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

މިހާރު އިމާރާތުގެ މަސައްކަތް މަޑުޖެހިފައިވާ ސައިޓުތަކުގައިވާ ތަކެތި ވެސް ވަޔާ އެކު ނުދާނެ ގޮތަށް ރައްކާތެރިކޮށް ބަހައްޓަން މިނިސްޓްރީން ވަނީ އަންގަވާފައެވެ.

މި މި މޫސުމަކީ ރާއްޖޭގައި އަބަދު ވެސް މަދީރީގެ ސަބަބުން ފެތުރޭ ބަލިތައް ގިނަވާ ދުވަސްވަރެއް ކަމުންނާއި އަދި އިމާރާތް ކުރާ ސައިޓްތަކަކީ މަދިރި އާލާވާ ފަދައިން ފެން ހަރުލާފައިވާ ހުންނަ ތަންތަނަށްވުމުން މިފަދަ ތަންތަން ސާފުކޮށް އަދި މަދިރި އާލާވާ ގޮތަށް ހުންނަ ތަންތަން ނައްތާލުމަކީ މަދިރިން ފެތުރޭ ބަލިތައް ކޮންޓްރޯލް ކުރުމުގައި ވަރަށް މުހިންމު ކަމެއް ކަމަ އެ މިނިސްޓްރީއިން ހާމަކުރައްވައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު