އީރާނުގެ ރައީސް ޑޮކްޓަރ އިބްރާހީމް ރައީސީއާއި އެޤައުމުގެ މަތީ ފަންތީގެ ވަފުދެއް ދަތުރުކުރަމުންދިޔަ ހެލިކޮޕްޓަރަށް ދިމާވި ހާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
މިހާދިސާއާ ގުޅިގެން، މީސް މީޑިއާ ޕްލެޓްފޯމެއްކަމުގައިވާ އެކްސްގައި ރައީސުލްޖުމްހޫރިއްޔާ ކުރެއްވި މެސެޖުގައި، ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި އަދި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، އެމަނިކުފާނު ވަނީ 'ރިސަރޗް އެންޑް ރެސްކިއު އޮޕަރޭޝަންތަކަށް' ކާމިޔާބު ލިބުމަށް އެދިވަޑައިގަންނަވާފައެވެ.
އަދި ދަތުރުގައި ހިމެނިވަޑައިގަންނަވާ އެންމެހާ ބޭފުޅުން ހެޔޮހާލުގައި އަވަހަށް ފެނުމަށް އެދިވަޑައިގަންނަވާކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.