ހާލުކޮޅު ދެރަވުމުގެ ސަބަބުން ސަޢޫދީ ރަސްގެފާނު، ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައުދު، ދަ ރޯޔަލް ކްލިނިކްސް އޮފް އަލް ސަލާމް ޕެލަސްގައި އެނދުމަތިކުރައްވައިފިކަމަށް ސަޢޫދީ ގެޒެޓުން ހާމަކޮށްފިއެވެ.
ރިޕޯޓްތައް ބުނާގޮތުގައި، ޖިއްދާގައި ހުންނަ ދަ ރޯޔަލް ކްލިނިކްސް އޮފް އަލް ސަލާމް ޕެލަސްގައި ސަޢޫދީ ރަސްގެފާނު އެނދުމަތި ކުރެއްވީ ހުން ގަދަވެ ހުޅުތަކުގައި ރިއްސާތީއެވެ.
ޖިއްދާގެ އަލްސަލާމް ޕެލަސްގެ ރޯޔަލް ކްލިނިކްގައި އާދީއްތަ ދުވަހު، ސަލްމާން ރަސްގެފާނުގެ މެޑިކަލް ޓެސްޓްތައް ހަދާފައިވާ ކަމަށްވެސް ބުނެއެވެ.
ރަސްގެފާނުގެ ފުއްޕާމޭގައި އިންފެކްޝަނެއް ހުރިކަން އެނގުމުން، މެޑިކަލް ޓީމުން ނިންމީ، އިންފެކްޝަން ރަނގަޅުވާންދެން އެންޓިބަޔޮޓިކްސްގެ ފަރުވާއެއް، އަލް ސަލާމް ޕެލަސްގައި ކުރިއަށް ގެންދިއުމަށެވެ،” ސައުދީ ޕްރެސް އެޖެންސީން ނެރުނު ބަޔާނެއްގައި ރޯޔަލް ކޯޓުން ބުނެފައިވެއެވެ.
ސަޢޫދީ ރަސްގެފާނުގެ އުމުރުފުޅަކީ 88 އަހަރެވެ.