އީރާނުގެ ރައީސް ދަތުރުކުރެއްވި ހެލިކޮޕްޓަރު ވެއްޓި ފުނޑުފުނޑުވެފައިވާ ކަމަށް ބުނެފި

އީރާނުގެ ރައީސް އިބްރާހީމް ރައީސީ ދަތުރުކުރެއްވި ހެލިކޮޕްޓަރު ވެއްޓި ސުންނާފަތިވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އީރާނުގެ ރައީސް އިބްރާހިމް ރައިސީ ދަތުރުކުރެއްވި ހެލިކޮޕްޓަރު ވެއްޓުނު ތަން ރެސްކިއު ކްރޫއިން މިހާރު ހޯދާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ރެޑް ކްރެސެންޓް ސޮސައިޓީން ހާމަކޮށްފައިވާ ރިޕޯޓްތަކަށް ބަލާއިރު، އީރާނުގެ ރައީސާއި އެ ހެލިކޮޕްޓަރުން ދަތުރުކުރި އެއްވެސް މީހެއް ދިރިހުރި ކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

Image

ކްރެސެންޓް ސޮސައިޓީ ޙަރަކާތްތެރިވަނީ، ފޮޓޯ: ސޯޝަލް މީޑިޔާ


މިހާރު އާންމުކޮށްފައިވާ ރިޕޯޓްތައް ބުނާގޮތުގައި، ހެލިކޮޕްޓަރުން ދަތުރުކުރެއްވި އީރާނުގެ ރައީސް އިބްރާހިމް ރައިސީ އާއި ފޮރިން މިނިސްޓަރު ހުސައިން އަމީރު އަބްދުالله ވަނީ އަވަހާރަވެފައެވެ.
އެހެންނަމަވެސް، މިކަން އެ ޤައުމުގެ ރަސްމީ އިދާރާއަކުން އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ.

Image

ހެލިކޮޕްޓަރ ވެއްޓިފައިވާކަން ކަށަވަރުކޮށްދޭ ފޮޓޯއެއް


މި ހާދިސާ ހިނގާފައި ވަނީ އީރާނުގެ ހުޅަނގު އުތުރު އީސްޓް އަޒަރްބައިޖާން ޕުރޮވިންސުގެ ޖިލްފާގައެވެ. މި ހާދިސާ ހިނގި ވަގުތު ރައީސީ އަރިހުގައި އެ ޤައުމުގެ ޚާރިޖީ ވަޒީރު ޙުސައިން އަމީރް ޢަބްދުއްލުހައްޔާނީ ވެސް އިންނެވި ކަމުގައެވެ.
މި ހާދިސާ ހިނގާފައިވަނީ މޫސުން ގޯސްވެ، ދުންފިނީގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވަނިކޮށެވެ. އެހެންކަމުން، ހެލިކޮޕްޓަރު ވެއްޓުނު ސަރަހައްދު ހޯދުމަކީ ވަރަށް ދަތިކަމަށް ވަނީ ވެފައެވެ. އަދި ރޭގަނޑު ވުމުގެ ސަބަބުންވެސް ސަލާމަތީ ޓީމުތަކަށް އިތުރު ދަތިތައް ކުރިމަތިވެފައިވެއެވެ.

އެކި ޤައުމުތަކުން ރެސްކިއު އޮޕަރޭޝަނުގައި ބައިވެރިވާނެ ކަމަށް ބުނެފައިވާއިރު، ރައިސީ ދަތުރުކުރެއްވި ހެލިކޮޕްޓަރު ހޯދުމުގެ މަސައްކަތުގައި އީރާނަށް އެހީތެރިވުމަށް 32 ސްޕެޝަލިސްޓުން ތުރުކީންވަނީ ފޮނުވާފައެވެ.

ރެސްކިއު އޮޕަރޭޝަނާ ބެހޭ ގޮތުން، އީރާނުގެ ޤައުމުގެ ދާޚިލީ ވަޒީރު އަޙްމަދު ވަޙީދީ ވިދާޅުވީ, ކުއްލި ހާލަތެއް މެދުވެރިވެ, ރައީސީ އިންނެވި ހެލިކޮޕްޓަރު ބިމަށް ތިރިކޮށްފައި ވަނީ ވަރަށް ބާރަށް ކަމުގައެވެ.

ގުޅުންހުރި:

އީރާނުގެ ރައީސް ދަތުރުކުރެއްވި ހެލިކޮޕްޓަރު އަދިވެސް ފެނިފައެއް ނުވޭ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު