މިއަހަރު ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ދިއުމުގެ ފުރުޞަތު ލިބިފައިވާ އެމްޓީސީސީގެ 3 މުވައްޒަފުންނާ، އެމްޓީސީސީ ގެ އިސްވެރިން ބައްދަލުކުރައްވައިފިއެވެ.
އެމްޓީސީސީގެ ސީއީއޯ ޢަބްދުﷲ ޒިޔާދު އާއި އެގްޒެކެޓިވް މެނޭޖްމަންޓުން ވަނީ މިއަހަރު އެމްޓީސީސީ އިން ހުޅުވާލި ފުުރުޞަތުގައި ޙައްޖުގެ އަޅުކަން އަދާކުރުމަށް ދިއުމަށް ހޮވުނު ތިން މުވައްޒަފުންނާ ބައްދަލުކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި، އެ މުވައްޒަފުންނަށް ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމުގެ ފުރުޞަތު ތަނަވަސްވި ކަމަށްޓަކައި އުފާކުރައްވާ ކަމަށް ވިދާޅުވެ، ސަލާމަތާއި ރައްކާތެރިކަމާއެކު އަލްމަބްރޫރެއް ޙައްޖެއް މިންވަރުކުރެއްވުމަށް ސީއީއޯ އެދިވަޑައިގެންނެވިއެވެ.
CEO @CEOMTCC and Executive Management of MTCC met with the three staff members selected for this year’s MTCC-Sponsored Hajj pilgrimage. As they embark on this sacred journey, may Allah grant them a Hajj Al-Mabrur, ensure their safety, and bless them with knowledge. #TeamMTCC pic.twitter.com/1f0SocBoFn
— MTCC Plc (@MTCCPlc) May 19, 2024