Thursday, 20 June 2024
ހެލިކޮޕްޓަރުން ދަތުރުކޮށްފައިވާ ފަރާތްތައް

އީރާނުގެ ރައީސް ރައިސީ އާއި އެޤައުމުގެ ފޮރިން މިނިސްޓަރު އަވަހާރަވެއްޖެ

އީރާނުގެ ރައީސް އިބްރާހީމް ރައީސީ ދަތުރުކުރެއްވި ހެލިކޮޕްޓަރު ވެއްޓި އެ ހެލިކޮޕްޓަރުން ދަތުރުކުރި އެއްވެސް މީހެއްގެ ދިރިހުރި ނިޝާނެއް ފެންނަން ނެތްކަމަށް އީރާނުގެ ރަސްމީ އިދާރާތަކުން ހާމަކުރައްވައިފިއެވެ.

އީރާނުގެ ރައީސް ރައިސީ ހިމެނޭ ގޮތަށް ހެލިކޮޕްޓަރުގައި ތިބި އެންމެން އަވަހާރަވެފައިވާ ކަމަށް އެ ޤައުމުގެ ސަރުކާރުން ވަނީ ކަށަވަރުކޮށްދީފައެވެ. އީރާނުގެ ކަމާބެހޭ ފަރާތްތަކުން ބުނެފައިވަނީ ހެލިކޮޕްޓަރުގައި ދަތުރުކުރި މީހުންގެ ހަށިގަނޑުތައް ދެނެނުގަނެވޭ ވަރަށް އަނދާފައިވާކަމަށެވެ.

ހަބަރުތައް ބުނާގޮތުން ވެއްޓުނު ހެލިކޮޕްޓަރުގައި އީރާނުގެ ރައީސްގެ އިތުރުން، އެ ޤައުމުގެ ފޮރިން މިނިސްޓަރާއި ބައެއް ޕްރޮވިންސްތަކުގެ އިސްވެރިންވެސް ތިއްބެވިއެވެ.

އަވަހާރަވެފައިވާ ފަރާތްތައް:

  • އިރާނުގެ ރައީސް އިބްރާހިމް ރައިސީ
  • ފޮރިން މިނިސްޓަރު ހުސައިން އަމީރު އަބްދުﷲ
  • އިރުމަތީ އަޒަރުބައިޖާން ޕްރޮވިންސްގެ ގަވަރުނަރު މަލެކް ރަހުމަތީ
  • ތަބްރީޒު މިސްކިތުގެ އިމާމް މުހައްމަދު އަލީ އަލެހާޝެމް
  • ޕައިލެޓް- ދަ ކޮޕީޕައިލެޓް- ކްރޫ ޗީފް- ހެޑް އޮފް ސެކިއުރިޓީ – ބޮޑީގާޑް

Image

އިރާނުގެ ރައީސް އިބްރާހިމް ރައިސީ އާއި، ފޮރިން މިނިސްޓަރު ހުސައިން އަމީރު އަބްދުﷲ


އީރާނުގެ ރައީސް އިބްރާހިމް ރައިސީ ދަތުރުކުރެއްވި ހެލިކޮޕްޓަރު ވެއްޓުނު ތަން ރެސްކިއު ކްރޫއިން ހޯދާފައިވާ ކަމަށް މީގެ ކުރިން ރިޕޯޓްތައް ބުނެފައިވެއެވެ.

މީގެ ކުރިން ރެޑް ކްރެސެންޓް ސޮސައިޓީން ހާމަކޮށްފައިވާ ރިޕޯޓްތަކަށް ބަލާއިރު، އީރާނުގެ ރައީސާއި އެ ހެލިކޮޕްޓަރުން ދަތުރުކުރި އެއްވެސް މީހެއް ދިރިހުރި ކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

Image

ކްރެސެންޓް ސޮސައިޓީ ޙަރަކާތްތެރިވަނީ، ފޮޓޯ: ސޯޝަލް މީޑިޔާ


މިހާރު އާންމުކޮށްފައިވާ ރިޕޯޓްތައް ބުނާގޮތުގައި، ހެލިކޮޕްޓަރުން ދަތުރުކުރެއްވި އީރާނުގެ ރައީސް އިބްރާހިމް ރައިސީ އާއި ފޮރިން މިނިސްޓަރު ހުސައިން އަމީރު އަބްދުالله ވަނީ އަވަހާރަވެފައެވެ.

Image

ހެލިކޮޕްޓަރ ވެއްޓިފައިވާކަން ކަށަވަރުކޮށްދޭ ފޮޓޯއެއް


މި ހާދިސާ ހިނގާފައި ވަނީ އީރާނުގެ ހުޅަނގު އުތުރު އީސްޓް އަޒަރްބައިޖާން ޕުރޮވިންސުގެ ޖިލްފާގައެވެ. މި ހާދިސާ ހިނގި ވަގުތު ރައީސީ އަރިހުގައި އެ ޤައުމުގެ ޚާރިޖީ ވަޒީރު ޙުސައިން އަމީރް ޢަބްދުއްލުހައްޔާނީ ވެސް އިންނެވި ކަމުގައެވެ.
މި ހާދިސާ ހިނގާފައިވަނީ މޫސުން ގޯސްވެ، ދުންފިނީގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވަނިކޮށެވެ. އެހެންކަމުން، ހެލިކޮޕްޓަރު ވެއްޓުނު ސަރަހައްދު ހޯދުމަކީ ވަރަށް ދަތިކަމަށް ވަނީ ވެފައެވެ. އަދި ރޭގަނޑު ވުމުގެ ސަބަބުންވެސް ސަލާމަތީ ޓީމުތަކަށް އިތުރު ދަތިތައް ކުރިމަތިވިއެވެ.

އެކި ޤައުމުތަކުން ރެސްކިއު އޮޕަރޭޝަނުގައި ބައިވެރިވާނެ ކަމަށް ބުނެފައިވާއިރު، ރައިސީ ދަތުރުކުރެއްވި ހެލިކޮޕްޓަރު ހޯދުމުގެ މަސައްކަތުގައި އީރާނަށް އެހީތެރިވުމަށް 32 ސްޕެޝަލިސްޓުން ތުރުކީންވަނީ ފޮނުވާފައެވެ.

ރެސްކިއު އޮޕަރޭޝަނާ ބެހޭ ގޮތުން، އީރާނުގެ ޤައުމުގެ ދާޚިލީ ވަޒީރު އަޙްމަދު ވަޙީދީ ވިދާޅުވީ, ކުއްލި ހާލަތެއް މެދުވެރިވެ, ރައީސީ އިންނެވި ހެލިކޮޕްޓަރު ބިމަށް ތިރިކޮށްފައި ވަނީ ވަރަށް ބާރަށް ކަމުގައެވެ.

އީރާނުގެ ރައީސްކަމުގެ މަޤާމަށް ރައީސީ އިންތިޚާބު ކޮށްފައި ވަނީ 2021ވަނަ އަހަރުއެވެ.

އެ ޤައުމުގެ ޤާނޫނުގައިވާ ގޮތުން ދެން އެ ޤައުމުގެ ރައީސް ކަމާ ހަވާލުވެވަޑައިގަންނަވާނީ، ނައިބު ރައީސް މުހައްމަދު މޮޚްބެރު އެވެ.

ގުޅުންހުރި:

އީރާނުގެ ރައީސް ދަތުރުކުރެއްވި ހެލިކޮޕްޓަރު ވެއްޓި ފުނޑުފުނޑުވެފައިވާ ކަމަށް ބުނެފި

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު