ގެއްލުނު މީހާ މޫދަށް ދިޔައީ ކަޔަކްއެއް ހިފައިގެން ކަމަށް ޚަބަރުލިބޭ

ކަޔަކެއްގައި މޫދަށް ފައިބައި އުޅެނިކޮށް ގެއްލުނު މީހާ ފެނިއްޖެ

ގދ. އަތޮޅުގައި އޮންނަ ރަފެލްސް މޯލްޑިވްސް މެރަދޫ ރިސޯޓުން ކަޔަކެއްގައި މޫދަށް ފައިބައި އުޅެނިކޮށް އިއްޔެ ގެއްލުނު އެ ރިސޯޓުގެ ބަންގްލަދޭޝް މުވައްޒަފު ފެނިއްޖެ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން މިއަދު ވިދާޅުވީ، ގެއްލިގެން ހޯދަމުންދިޔަ މީހާ ކަޔަކުގައި ގއ. އަތޮޅު ރިސޯޓަކަށް މިއަދު ގޮސްފައިވާ ކަމަށާއި އެމީހާގެ ހާލު ރަނގަޅު ކަމުގައެވެ.

އުމުރުން 32 އަހަރުގެ އެ މީހާ ގެއްލިގެން އުޅޭ ކަމުގެ މައުލޫމާތު އެމްއެންޑީއެފް އަށް ލިބުނީ އިއްޔެ 15:54 ހާއިރުއެވެ. އެއާއެކު ސިފައިން ވަނީ ހާބަރ ކްރާފްޓްގައި އެ ސަރަހައްދަށް ގޮސް، އެ މީހާ ހޯދުމުގެ މަސައްކަތް އިއްޔެ 16:50 ހާއިރު ފަށާފައެވެ.

އެ މީހާ ގެއްލުނު ވަގުތު އެ ރިސޯޓުގެ ފަޅުގައި އަޅާފައޮތް ކަޔަކެއް ވެސް ނެތުމުން، އެ ކަޔަކުގައި އެމީހާ މޫދަށް ފޭބި ކަމަށް ރިސޯޓުން ވަނީ ކުރިން ވެސް ލަފާކޮށްފައެވެ. އެ މީހާއަކީ ރިސޯޓުގެ ދޯންޏެއްގައި މަސައްކަތް ކުރާ މީހެކެވެ.

ގުޅުންހުރި:

ގދ. އަތޮޅުގެ ރިސޯޓަކުން މޫދަށް ފޭބި މީހަކު ގެއްލިގެން ހޯދަނީ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު