އުރީދޫން ތަޢާރަފްކުރި ސިމުގެ ރަމްޒީ ސިމް ޙަވާލުކުރައްވަނީ، ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ޙައްޖާއި އުމްރާގެ އަޅުކަަމަށް ދާ މީހުންނަށް ޚާއްސަ ސިމެއް އުރީދޫން ތަޢާރަފްކޮށްފި

ޙައްޖާއި ޢުމްރާ ދަތުރުތަކުގައި ބޭނުންކުރެވޭގޮތަށް އުރީދޫން "ސަޢުދީ ޕާސްޕޯޓު"ގެ ނަމުގައި ރޯމިންގ ސިމެއް ތަޢާރަފުކޮށްފިއެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވީ، "އުރީދޫ މޯލްޑިވްސްގެ ސަޢުދީ ޕާސްޕޯޓް ޓްރެވަލް ސިމް" ތަޢާރަފްކުރުމަކީ ޙައްޖުވެރިންނަށް ލުއިފަސޭހަކަމާއެކު ސަޢުދީ އަރަބިޔާގައި ހުރެގެން ރާއްޖެއަށް ގުޅާލުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއްކަމަށާއި، މި މަސައްކަތުގެ ސަބަބުން ޙައްޖުގެ ބަރަކާތްތެރި އަޅުކަމުގައި އުޅޭ ފަރާތްތަކަށް މުވާސަލާތު ކުރުން ފަސޭހަވެގެންދާނެ ކަމަށެވެ.

އުރީދޫ މޯލްޑިވްސްއިން އިސްނަގައިގެން ރައްޔިތުންނަށް ބޭނުންވާ މިފަދަ ޚިދުމަތްތައް ފޯރުކޮށްދޭ ކަމަށްޓަކައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވަނީ ޝުކުރުއަދާކުރައްވާފައެވެ.

މި ސިމްގެ އަގަކީ 1 ހާސް ރުފިޔާއެވެ. ސަޢުދީއަށް ފުރުމުގެ ކުރިން މި ސިމް އުރީދޫން ގަނެވޭނެއެވެ. އަދި ސަޢުދީ އެއަރޕޯޓަށް ފައިބާފަ ސިމް ލެއްވުމުން އިންޓަރނެޓްގެ ޚިދުމަތް ލިބޭނެއެވެ. މިއީ އުމްރާއަށް ދާ މީހުންނާއި ހައްޖުވެރިންގެ ފަސޭހައަށް އުރީދޫން ތަޢާރަފްކުރި ޚިދުމަތެކެވެ.

އުރީދޫއިން ވިދާޅުވި ގޮތުގައި، ސަޢުދީ ޕާސްޕޯޓު"ގެ ނަމުގައި ތަޢާރަފް ކުރި މި ސިމް މި ޙައްޖު މޫސުމުން ފަށައިގެން ސައުދީގައި ބޭނުންކުރެވޭނެއެވެ. މި ސިމަކީ 15 ޖީބީ ޑޭޓާ އާއި ފޯންކުރުމަށް 60 މިނެޓާއި، 60 އެސް.އެމް.އެސް ރޯމިންގގައި ބޭނުންކުރެވޭ ގޮތަށް ބަންޑްލް ކުރެވިފައިވާ ސިމެކެވެ. މީގެ އިތުރަށް ބޭނުން ކުރެވޭ ޑޭޓާއަކަށް ނަގާނީ އެމް.ބީއަކަށް 0.99ރ އެވެ.

މީލާދީ ތާރީޚުން މިއަހަރުގެ ޙައްޖު ދުވަހަކީ ޖޫން މަހުގެ 15 ވަނަ ދުވަހެވެ. ރާއްޖެއިން ޙައްޖުގެ އަޅުކަމަށް ދާ މީހުންގެ ފުރަތަމަ ފްލައިޓް މިމަހުގެ 31 ވަނަ ދުވަހު ސަޢުދީއަށް ފުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު