29 އެޕްރީލް 2025
1445 ވަނަ އަހަރު ޙައްޖު މިޝަންގެ ގޮތުގައި ވަޑައިގަންނަވާ ބޭފުޅުން، ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ޙައްޖު މިޝަންގެ މެންބަރުން ފުރާވަޑައިގެންފި

1445 ވަނަ އަހަރުގެ ޙައްޖު މިޝަންގެ މެންބަރުން ފުރާވަޑައިގެންފިއެވެ.

ޙައްޖުގެ މަތިވެރި އަޅުކަމަށް ރާއްޖެއިން ފުރާ ޙާޖީންގެ ކަންކަން ބެލެހެއްޓުމަށް ސަރުކާރުގެ ފަރާތުން ހަރަކާތްތެރި ވާނީ ޙައްޖު މިޝަންއިންނެވެ.
ދިވެހި ޙާޖީންނަށް ކަންކަން ފަސޭހަކޮށްދިނުމަށް ސަޢުދީގެ ކަމާއި ބެހޭ ފަރާތްތަކާއި ގުޅިގެން ގިނަ މަސައްކަތްތަކެއް މި މިޝަންއިން ކުރަމުންދާނެއެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވި ގޮތުގައި، ރާއްޖެއިން ޙައްޖަށް ވަޑައިގަންނަވާ ޙައްޖާޖީންގެ އިންތިޒާމްތައް ރަސްމީ ގޮތެއްގައި ބެލެހެއްޓުމުގެ ގޮތުން އެކުލަވާލާ ޙައްޖު މިޝަންގައި ހިމެނެނީ 7 ފަރާތެކެވެ. އޭގެ ތެރޭގައި ޑޮކްޓަރަކާއި މިނިސްޓްރީގެ މީޑިއާ ހިމެނެއެވެ.

ޙައްޖު މިޝަންގައި މިއަހަރު ހިމެނި ވަޑައިގަންނަވަނީ:

1- އުސާމް މުޙައްމަދު
2- މުޙައްމަދު ޝަކީލް
3- ޑރ. އަޙްމަދު އަސްލަމް ޢަބްދުﷲ
4- މުޙައްމަދު ރަމީޒް
5- އަޙްމަދު ޢަދީލް
6- ޢަބްދުލް ޢަޒީޒު އިސްމާޢީލް
7- ޖަންނަތު ސަޢީދު
8- ޒަމްޢަތު އަޙްމަދު ވަޙީދު
9- އިބްރާހީމް އަކްމަލް

މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަމަށް ރާއްޖެއިން 1000 މީހުން ޙައްޖުގެ އަޅުކަމަށް ފުރާނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ކޮބާފަހުންލިބުނުކޯޓާ ހައްޖު ވާޖިބުވެފައިސާދައްކާފަ ތިބިމީހުންގެތެރޭ ތިބި 65 ކުންމަތީގެމީހުނައް އިސްކަންދެއްވާާ ހައްޖުކުޅަދާނަކަންނެއްމީހުން ސަރުކާރުގެ ޚަރަދުގާމިދަނީ ކިއުގަތިބިމީހުން މުސްކުޅިވެނުދެވޭވަރައް ބަލިއެބަވޭ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު