7 ޑިސެންބަރު 2024
އއ. ތޮއްޑޫގައި މޫދަށް އެރިއުޅުނު ކުދިންތަކެއް ސްޓެލްކޯގެ މުވައްޒަފުން ސަލާމަތްކުރަނީ، ފޮޓޯ: ސްޓެލްކޯ

ކޮޅިގަނޑެއްގައި ޖެހި، އެއްގަމަށް ނާދެވިފައިވާ ކުދިންތަކެއް ސްޓެލްކޯގެ މުވައްޒަފުންގެ އެހީތެރިކަމާއެކު ސަލާމަތްކޮށްފި

ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން، އއ. ތޮއްޑޫގައި ކޮޅިގަނޑެއްގައި ޖެހި، މޫދުގައި ތިބި ކުދިންތަކަކަށް އެއްގަމަށް ނާދެވިފައިތިއްބާ ސްޓެލްކޯގެ މުވައްޒަފުންތަކެއް އެ ކުދިން އިއްޔެ ސަލާމަތްކޮށްފިއެވެ.

ސްޓެލްކޯއިން "އެކްސް"ގައި ކުރި ޕޯސްޓެއްގައި ވަނީ، މިއަދު ހަވީރު މޫސުން ގޯސްވެ، ކޮޅިގަނޑެއްގައި ޖެހި އެއްގަމަށް ނާދެވިފައިތިބި ކުދިންތަކަކަށް އެ ކުންފުނީގެ މުވައްޒަފުން އެހީތެރިވެފައިވާ ކަމަށެވެ.

އަދި ވިއްސާރައިގެ ސަބަބުން ތޮއްޑޫގެ ބައެއް ގެތަކުގެ ފުރާޅަށް، ގަސްގަހުގެ ބައިތައް ވެރުމާ ގުޅިގެން ލިބުނު ގެއްލުންތަކުން ސަލާމަތްކުރުމަށް ވެސް އެ ކުންފުނީގެ މުވައްޒަފުން އެހީތެރިވެފައިވާ ކަމަށް އެ ކުންފުނިން ވިދާޅުވެއެވެ.

"މި ކުންފުނީގެ ހީވާގި މުވައްޒަފުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައި. ރައްޔިތުންނަށް ދިމާވާ މިފަދަ ކޮންމެ ކަމެއްގައި މިކުންފުނީގެ މުވައްޒަފުން އަބަދުވެސް ދެމިތިބޭނީ ހިތްވަރާއި ކެރުމާއިއެކު އެންމެ އިސް ސަފުގައި، އިޚްލާސްތެރިކަމާއިއެކު ރައްޔިތުންގެ ޚިދުމަތުގައި،" ސްޓެލްކޯ އިން ވިދާޅުވެއެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު