މިފްކޯގެ ސީއީއޯ މަޤާމުގައި ހުންނެވި އަޙްމަދު ސަމާހު އެމަޤާމުން ވަކިކޮށްފިއެވެ.
މިފްކޯގެ ސީއީއޯ މަޤާމުން އަޙްމަދު ސަމާހު ވަކިކުރެއްވިކަން ހާމަކުރީ ސަރުކާރު ކުންފުނިތަކަށް ޑިރެކްޓަރުން އައްޔަންކޮށް، ވަކިކުރުމުގެ ބާރު އޮންނަ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުންނެވެ.
މިކަމާ ގުޅިގެން، ޕީސީބީން ވިދާޅުވީ، މިފްކޯގެ ސީއީއޯ މަޤާމުގައި ހުންނެވި އަހުމަދު ސަމާހު ރަޝީދު އެމަޤާމުންނާއި މިފްކޯގެ ބޯޑުގެ ޑިރެކްޓަރުކަމުން މިއަދުން ފެށިގެން ވަކިކޮށްފައިވާކަމަށެވެ. ނަމަވެސް އޭނާ މަޤާމުން ވަކިކުރެއްވި ސަބަބެއް ޕީސީބީން ހާމަކުރައްވާފައި ނުވެއެވެ.
އިއްޔެ، މިފްކޯގެ ސީއީއޯ މަޤާމުން އަޙްމަދު ސަމާހު ވަކިކޮށްފައިވާއިރު، މިދިޔަ މާޗުމަހުގެ ތެރޭގައި އޭނާ ވަނީ މަޤާމުގެ މަސްއޫލިއްޔަތުތަކުންވެސް އެކަހެރިކޮށްފައެވެ. ނަމަވެސް އޭޕްރީލްމަހު އޭނާގެ ސަސްޕެންޝަން ވަނީ އުވާލާފައެވެ.