Saturday, 22 June 2024
ލިވަޕޫލްގެ އައު ކޯޗަކަށް ނެދަލޭންޑްސްގެ އާނޭ ސްލޮޓް ހަމަޖައްސައިފ، ފޮޓޯ: ލިވަރޕޫލް

ލިވަޕޫލްގެ އައު ކޯޗަކަށް ނެދަލޭންޑްސްގެ އާނޭ ސްލޮޓް ހަމަޖައްސައިފި

ލިވަޕޫލްގެ އައު ކޯޗަކަށް ނެދަލޭންޑްސްގެ އާނޭ ސްލޮޓް ހަމަޖައްސާފައިވާ ކަން އެ ކުލަބުން ރަސްމީކޮށް ހާމަކޮށްފިއެވެ.

މިކަމާ ގުޅޭގޮތުން، ކުލަބުން ނެރުނު ބަޔާނެއްގައިވަނީ، ސްލޮޓްގެ މޭސްތިރިކަމުގެ ދަށުން ޓީމުގެ މަސައްކަތްތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 1 ގައި ކަމަށެވެ. ލިވަޕޫލުން ރަސްމީކޮށް މިކަން ހާމަކޮށްފައިވަނީ ހޯމަދުވަހު އެވެ.

ސްލޮޓް ލިވަޕޫލަށް ބަދަލުވީ ފެޔަނޫޑް އާއެކު ކާމިޔާބު ތިން ސީޒަން ހޭދަކުރުމަށްފަހުއެވެ. އެގޮތުން އޭނާ ވަނީ 2023 ވަނަ އަހަރުގެ ނެދަލޭންޑް ލީގު ކާމިޔާބުކޮށްފައެވެ. އަދި އެންމެ މޮޅު ކޯޗުގެ މަގާމު ދެ ފަހަރެއްގެ މަތިން އޭނާ ހޯދިއެވެ.

ސްލޮޓް ލިވަޕޫލާ ހަވާލުވާނީ ތިން އަހަރުދުވަހުގެ އެއްބަސްވުމެއްގެ ދަށުން ކަމަށް ޚަބަރުތައް ބުނެއެވެ.

އޭނާގެ ކޯޗުކަމުގެ ދަށުގައި، ލިވަޕޫލްގެ ފުރަތަމަ މެޗަކަށް ވާނީ ޖުލައި 26 ވަނަ ދުވަހު ރެއާލް ބެޓިސްއާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު