މިފްކޯގެ ސީއީއޯއަކަށް ހުންނެވި އަޙްމަދު ސަމާހު

ޝަމާހު ފިޝަރީޒްގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަން ކޮށްފި

މިފްކޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމުން ވަކިކުރި އަހުމަދު ޝަމާހު ރަޝީދު ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް މިއަދު އައްޔަންކޮށްފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑު (ޕީސީބީ) ޝަމާހު ވަކި ކުރީ އިއްޔެ ހަވީރުގެ ވަގުތެއްގައެވެ.

އޭނާ ވަކިކުރެއްވިއިރު،  އޭނާ ހުންނެވީ ފިޝަރީޒް މިނިސްޓްރީގެ ރަސްމީ ދަތުރެއްގައި ރާއްޖެއިން ބޭރުގައެވެ.

ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމަށް އައްޔަން ކޮށްފައިވާ ކަމުގެ ލިޔުން ރައީސް އޮފީހުން މިހާރު ވަނީ ޝަމާހުއަށް ފޮނުވައިފައިވާ ކަަމަށް ރާއްޖޭގެ ނޫހެއް ކަމުގައިވާ، "މިހާރު" ގައި ރިޕޯޓުކޮށްފައިވެއެވެ.

ޝަމާހު މިފްކޯ އިން ވަކިކުރީ، އޭނާ ވިދާޅުވި ގޮތުގައި، އެހެން ތަނަކަށް ބަދަލުވާން އަމިއްލައަށް އެދިގެންނެވެ.

ސަމާހު ވަކި ކުރި އިރު މީގެ މަހެއްހާ ދުވަސް ކުރިން ބޮޑެތި ތުހުމަތުތަކަކާ ގުޅިގެން ޕީސީބީން އޭނާ ސަސްޕެންޑް ވެސް ކުރިއެވެ. އަދި މިމައްސަލައިގައި ރައްޔިތުން މަޖިލީހުގެ ކޮމިޓީއަށް ޙާޟިރުކޮށް ވަނީ ސުވާލުކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު