މަނަދޫ އަޒީގެ ވާހަކަ ޅެން: އެމަހާނަ (ނަވާރަވަނަ ބައި)

އެކަނިވެރިކަން ވެރިވެފައިވާ ގޭތެރޭގައި ތިންކުދީން
އެކަނިތިބެ ރޯތަންއެފެނި ދިޔައޭ މި ހިތް ކުދިކުދިވަމުން
ހިތްވަރާއެކު ސާބިތުވެ ކެތްތެރިވެވޭތޯ އުޅުނަކަސް
ހިތްއަޔޭ ފިހެމުން މެޔާއެކުގައިއަރާ ދިލަ ހޫނަކުން
ހިތުގެމައްޗަށް ބާރުހިންގޭތޯ މަސައްކަތް ކުރިޔަކަސް
ހިތުގެވޭނީއަސަރުތައް އިތުރޭވަނީ ހިނދު ހިނދުކޮޅުން
ފެންނަހުރިހައި އެއްޗަކުންނާ ގޭގެ މާޙައުލުގެތެރޭން
ފެންނަހެންނޭހީވަނީ އޭނަގެ އަސަރުތައް އެކިތަނުން
ތިންކުދިންނާމެދު މަގޭ ހިތުގައިހިނގާ ފުންއަސަރުތައް
އިންތިހާޔަށް ބޮޑުވިޔޭ އެކުދީންގެ ޙާލަތު ހުރިގޮތުން
"މަންމި ދިޔައީކީއްވެހޭ" އަޅުގަނޑު އެކަނިކޮށްފައި މިތާ
އެންމެކުޑަދަރިފުޅު މިޝަކުވާ ކޮށްލަޔޭ އިރުއިރުކޮޅުން
މީހަކަށްފަހެ ބުނެދެވޭނީ ކިހިނަކުންހޭ؟ ލަފުޒަކުން
މީބަލަން ކުޅަދާނަ މަންޒަރަކަށް މަށަށް ނުވިޔޭ ލޮލުން
ލައްކަގިނަގުނަ ގޮތްގޮތައް އެތަކެއް ނަސޭހަތް ލައިދެމުން
ލައްކަގިނަ ވާހަކަތަކެއް ހުރެދެއްކުނޭ ހިތްވަރުދެމުން
މަންމަޔަށް ގިނަ ހެޔޮދުޢާކުރުމޭއޮތީ އަދު ތިޔަކުދީން
މަންމަޔަށް ރަޙްމަތް އަދައިގެން ދަންނަހެޔޮހައި ބަސްތަކުން
ތިޔަކުދީން އޮހޮރާ ކަރުނައިން މަންމަޔަށް ދަތިވާނެޔޭ
ތިޔަގޮތަށް އަބަދާއަބަދު ހިތްދަތިކަމެއްގެ ތެރޭ ވުމުން

* ނުނިމޭ..،
16 މެއި 2024
*عبدالزعزيز قاسم
ލިލީ ނ.މަނަދޫ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *