7 ފެބުރުވަރީ 2025

ގެނބުނު ފަތުރުވެރިޔަކު ސަލާމަތްކުރަން ފޭބި ދިވެއްސަކު ނިޔާވެއްޖެ

ގެނބުނު ފަތުރުވެރިއަކު ސަލާމަތްކުރަން ފޭބި ދިވެއްސަކު ނިޔާވެއްޖެއެވެ.

މިޙާދިސާއާ ގުޅިގެން، ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ މަރުވީ އދ. ސެންޓާރާ ރިސޯޓުގައި މޫދަށް އެރި އުޅުނު ފަތުރުވެރިއެއް ގެނބިގެން އެމީހާ ސަލާމަތްކުރަން މޫދަށް ފޭބި 39 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. އަދި އޭނާއަށް ދަނގެތި ހެލްތު ސެންޓަރުގައި ފަރުވާ ދެމުންދާކަމަށް މިއަދު ހެނދުނު 11:05 ހާއިރު ރިޕޯޓުކޮށްފައިވާކަމަށާއި، ނަމަވެސް ހެލްތު ސެންޓަރަށް އެމީހާ ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް ހެލްތު ސެންޓަރުން މައުލޫމާތުދީފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ މަރުވީ 39 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. އަދި މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

މި ހާދިސާގައި ގެނބުނު ފަތުރުވެރިޔާގެ ހާލު ރަނގަޅުކަމަށް މައުލޫމާތު ލިބިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު