Thursday, 20 June 2024

‏ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަޤާމަށް ޒީނާޒް ހަމަޖައްސަވައިފި

‏ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަޤާމަށް ޒީނާޒް ޢަދުނާން ހަމަޖައްސަވައިފިއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޕީއެންސީން ވިދާޅުވީ، ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަޤާމަށް ޒީނާޒް ޢަދުނާން ހަމަޖައްސަވާފައިވާ ކަމުގައެވެ.

ޒީނާޒް ވަނީ މީގެ ކުރިން ކުޑަކުދިންގެ ހިޔާގެ ސީއީއޯކަންވެސް ކުރައްވައިފައެވެ. އަދި ތަޢުލީމީ ދާއިރާގައިވެސް ދިގުމުއްދަތަކަށް ޚިދުމަތް ކުރައްވާފައިވެއެވެ.

ޕީއެންސީގެ ސެކްރެޓަރީ ޖެނަރަލްގެ މަޤާމަށް ޒީނާޒް ޢަދުނާން ހަމަޖައްސާފައި ވަނީ ކުރިން އެ މަޤާމުގައި ހުރި ޝިފާގު މުފީދު މިިދިޔަ އަހަރުގެ ނޮވެމްބަރު މަހު އިސްތިޢުފާ ދިނުމާއި ގުޅިގެންނެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު