ށ އިން ފެށޭ ލަފުޒު ހަދަން އުޅޭ ކަމަށް ދެކެވޭ ވާހަކަ ވަޒީރު ދޮގު ކުރައްވައިފި

"ށ" އިން ފެށޭ ލަފުޒު ހަދަން ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ވާހަކަ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރުު ދޮގު ކުރައްވައިފިއެވެ.

ވަޒީރު އާދަމް ނަޞީރު އެކަން ދޮގު ކުރައްވާފައިވަނީ "ށ" އިން ފެށޭ ފަސް ލަފުޒެއް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި އުފައްދާނެ ކަމަށް ބުނެ ރަޖިސްޓްރާ ނުކޮށް ރާއްޖޭގައި ހިންގަމުން އަންނަ ނޫހަކުން ރިޕޯޓް ކުރުމާ ގުޅިގެންނެވެ.

މި ކަމުގައި ގިނަ ބައެއްގެ އުދާސްތައް އުތުރި އަރަނިކޮށް، މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެއީ ދައްކާފައިވާ ވާހަކަތަކެއް ނޫން ކަމަށާއި އެއީ ދޮގު ޚަބަރެއް ކަމުގައެވެ.

ވަޒީރު ވިދާޅުވީ، "ށ" އިން ނަމެއް އުފެއްދުމަކީ އެއްވެސް މާނައެއް ހުރި ކަމެއް ނޫން ކަމަށާއި، ސަބަބަކީ "ށ" ގެ އަޑަކީ ލަފުޒެއްގެ ފެށުމަށް ދުލުން އުފައްދަން ދަތި އަޑަކަށްވާތީ ކަމަށެވެ.

"އެއީ ޤުދުރަތީ ކަމެއް. ވީމާ (ށ) އިން ލަފުޒެއް އުފެއްދުމަކީ އެއްވެސް ގޮތަކަށް އަޅުގަނޑަށް ގަބޫލު ކުރެވޭ އަދި ތަރުހީބު ދެވޭ ކަމެއް ނޫން" ވަޒީރު އާދަމް ނަޞީރު ވިދާޅުވިއެވެ.

މިއީ ދޮގު ހަބަރެއް ނަމަވެސް ގިނަ ބަޔަކު އަންނަނީ އެކަން ގަބޫލުކޮށް، މީސްމީޑިއާގައި ވަރަށް ބޮޑަށް އެ ހަބަރު ދައުރު ކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ